ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ސަޕޯޓް ސްޓާފް، މެޑިކަލް ޑިޕާޓްމަންޓް
މަޤާމުގެ ޝަރުޠު:
- ޝިފްޓް ޑިއުޓީގެ މަސައްކަތް ކުރުމާއި، ރޭގަނޑު ޑިއުޓީގައި މަސައްކަތްކުރެވޭފަދަ މީހަކަށްވުން.
- ގްރޭޑް 10 ނިންމާފައިވުން.
- އަދާކޮށްފައިވާ ވަޒީފާތަކާއި، މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
- މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި، މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލްކަން ހުރުން.
- އިނގިރޭސިބަހާއި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ހުރުން.
- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.
- ހޭލުންތެރިކުރުމުގެ ޕޮރްގްރާމްތަކާއި،އެހެނިހެން ކެމްޕޭންތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން.
މަޤާމުގެ މަސްއޫލިއްޔަތުގެ ޚުލާޞާ: މި މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ތަނުގެ ތެރޭގައި ޚިދުމަތް ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނާ ރަޙުމަތްތެރިކޮށް މުޢާމަލާތުކުރުން ހިމެނެއެވެ.
ވަޒީފާގެ ޒިންމާތައް:
- ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމާއި، މަޢުލޫމާތު ހޯދަން ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި، ޚިދުމަތް ހޯދަން ހުށަހަޅާ ފޯމުތައް ބަލައިގަތުން.
- ޚިދުމަތް ހޯދަން ހުށަހަޅާ ފަރާތްތައް ރަޖިސްޓްރީކުރުމާއި، ހަމަޖެހިފައިވާ އުޞޫލުން ޚިދުމަތްދިނުން.
- ޚިދުމަތް ހޯދަން ޒިޔާރަތްކުރާ ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ހުސްނުވާ އާސަންދަ ސްކީމާއި ހޮސްޕިޓަލުގެ ގަވާއިދުތަކާއި އުޞޫލުތަކާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން.
- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ހުރުމާއި، ލިބިފައިވާ މަޢުލޫމާތު އަލީގައި ގޮތް ނިންމުން.
މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން.
ކުރިމަތިލުމުގެ ސުންގަޑި: 2016 މޭ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އިންޓަވިއު:
އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
2 ޝަޢުބާން 1437