ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 036
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2016
ޕަބްލިޝްކުރި ގަޑި: 18:28
ސުންގަޑި: 18 މޭ 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް – މެޑިކަލް ޑިޕާޓްމަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސަޕޯޓް ސްޓާފް، މެޑިކަލް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

  • ޝިފްޓް ޑިއުޓީގެ މަސައްކަތް ކުރުމާއި، ރޭގަނޑު ޑިއުޓީގައި މަސައްކަތްކުރެވޭފަދަ މީހަކަށްވުން.
  • ގްރޭޑް 10 ނިންމާފައިވުން.
  • އަދާކޮށްފައިވާ ވަޒީފާތަކާއި، މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
  • މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި، މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލްކަން ހުރުން.
  • އިނގިރޭސިބަހާއި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ހުރުން.
  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.
  • ހޭލުންތެރިކުރުމުގެ ޕޮރްގްރާމްތަކާއި،އެހެނިހެން ކެމްޕޭންތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން.

މަޤާމުގެ މަސްއޫލިއްޔަތުގެ ޚުލާޞާ: މި މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ތަނުގެ ތެރޭގައި ޚިދުމަތް ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނާ ރަޙުމަތްތެރިކޮށް މުޢާމަލާތުކުރުން ހިމެނެއެވެ.

ވަޒީފާގެ ޒިންމާތައް: 

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމާއި، މަޢުލޫމާތު ހޯދަން ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި، ޚިދުމަތް ހޯދަން ހުށަހަޅާ ފޯމުތައް ބަލައިގަތުން.
  • ޚިދުމަތް ހޯދަން ހުށަހަޅާ ފަރާތްތައް ރަޖިސްޓްރީކުރުމާއި، ހަމަޖެހިފައިވާ އުޞޫލުން ޚިދުމަތްދިނުން.
  • ޚިދުމަތް ހޯދަން ޒިޔާރަތްކުރާ ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ހުސްނުވާ އާސަންދަ ސްކީމާއި ހޮސްޕިޓަލުގެ ގަވާއިދުތަކާއި އުޞޫލުތަކާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން.
  • ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ހުރުމާއި، ލިބިފައިވާ މަޢުލޫމާތު އަލީގައި ގޮތް ނިންމުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން.

ކުރިމަތިލުމުގެ ސުންގަޑި: 2016 މޭ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސީވީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އިންޓަވިއު:

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 2 ޝަޢުބާން 1437

09 މޭ 2016