ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: މަހަކު -/5610 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަން/ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ބަޖެޓް ސެކްޝަނުގެ ލިޔެކިޔުންތައް ފައިލްކޮށް، ފައިލިންގ ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ބައިލޭޓްރަލް އެހީގެ ދަށުންނާއި އެހެނިހެން ސްކީމްތަކުގެ ދަށުން ކޯސްތަކުގައި ފުރާ ދަރިވަރުންގެ ދަތުރު ފައިސާ، ވައުޗަރ ނިޒާމް މެދުވެރިވެގެން ހޯދައި، ދަރިވަރުންނަށް ލިބޭކަން ކަށަވަރުކުރުން.
- ފައިސާ އަނބުރާ ދައްކަންޖެހޭ ދަރިވަރުންގެ އެކްސްޕެންޑިޗަރ ސްޓޭޓްމަންޓް ތައްޔާރުކޮށް، ރީޕޭމަންޓް ކަލެކްޝަން ބަޔަށް ފޮނުވުން.
- ޑީ. އެޗް. އީ. ގެ މައި ބަޖެޓް އެކައުންޓާއި ޓްރަސްޓް އެކައުންޓްތަކުގެ ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުން.
- ބޭންކް އޮފް މޯލްޑިވްސްއާއި، ބޭންކް އޮފް ސިލޯނާއެކު އެގްރިމަންޓްކުރެވިގެން ހިންގާ ލޯން ސްކީމުގެ ފައިސާ ޖަމާކުރާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމާއި، އެ އެކައުންޓުގެ މާލީ ހިސާބުތައް ބެލެހެއްޓުން.
- ކުރިއަށް އޮންނަ އަހަރަށް ބަޖެޓް ތައްޔާރުކުރުމަށް ސެކްޝަން ހެޑަށް އެހީތެރިވުން.
- ކޮންމެ އަހަރެއް ފެށޭއިރު އެ އަހަރުގެ އަލަށް ތަޢާރަފްކުރެވޭ ސްކީމްތަކުގެ ކޭޝް ފްލޯ ތައްޔާރުކުރުމާއި، ހިނގަމުންދާ ސްކީމްތަކުގެ ކޭޝްފްލޯ ފޯކާސްޓް ހެދުން.
- ޑީ. އެޗް. އީ. ގެ މައި ބަޖެޓުން ކުރާ ޚަރަދުތައް ކޮންޓްރޯލްކުރުމާއި، ބިލްތަކަށް ފައިސާ ދެއްކުމަށް ވައުޗަރ ނިޒާމް މެދުވެރިކޮށް ފޮނުވުން.
މަޤާމުގެ ޝަރުޠު:
1. އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 23 މޭ 2016 އާއި 30 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން، ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.
ބ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު އެނގެން އޮންނަންވާނެއެވެ.)
ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 22 ވަނަ ދުވަހުގެ 13:30 އެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341303 ނަންބަރު ފޯނަށް ނުވަތަ 3341307 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
1 ޝަޢުބާން 1437