ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2016/50
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 22 މޭ 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ   

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ: މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަން/  ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ބަޖެޓް ސެކްޝަނުގެ ލިޔެކިޔުންތައް ފައިލްކޮށް، ފައިލިންގ ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ބައިލޭޓްރަލް އެހީގެ ދަށުންނާއި އެހެނިހެން ސްކީމްތަކުގެ ދަށުން ކޯސްތަކުގައި ފުރާ ދަރިވަރުންގެ ދަތުރު ފައިސާ، ވައުޗަރ ނިޒާމް މެދުވެރިވެގެން ހޯދައި، ދަރިވަރުންނަށް ލިބޭކަން ކަށަވަރުކުރުން.

- ފައިސާ އަނބުރާ ދައްކަންޖެހޭ ދަރިވަރުންގެ އެކްސްޕެންޑިޗަރ ސްޓޭޓްމަންޓް ތައްޔާރުކޮށް، ރީޕޭމަންޓް ކަލެކްޝަން ބަޔަށް ފޮނުވުން.

- ޑީ. އެޗް. އީ. ގެ މައި ބަޖެޓް އެކައުންޓާއި ޓްރަސްޓް އެކައުންޓްތަކުގެ ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުން.

- ބޭންކް  އޮފް  މޯލްޑިވްސްއާއި،  ބޭންކް  އޮފް  ސިލޯނާއެކު  އެގްރިމަންޓްކުރެވިގެން  ހިންގާ  ލޯން ސްކީމުގެ ފައިސާ ޖަމާކުރާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމާއި، އެ އެކައުންޓުގެ މާލީ ހިސާބުތައް ބެލެހެއްޓުން.

- ކުރިއަށް އޮންނަ އަހަރަށް ބަޖެޓް ތައްޔާރުކުރުމަށް ސެކްޝަން ހެޑަށް އެހީތެރިވުން.

- ކޮންމެ އަހަރެއް ފެށޭއިރު އެ އަހަރުގެ އަލަށް ތަޢާރަފްކުރެވޭ ސްކީމްތަކުގެ ކޭޝް ފްލޯ ތައްޔާރުކުރުމާއި، ހިނގަމުންދާ ސްކީމްތަކުގެ ކޭޝްފްލޯ ފޯކާސްޓް ހެދުން.

- ޑީ. އެޗް. އީ. ގެ މައި ބަޖެޓުން ކުރާ ޚަރަދުތައް ކޮންޓްރޯލްކުރުމާއި، ބިލްތަކަށް ފައިސާ ދެއްކުމަށް ވައުޗަރ ނިޒާމް މެދުވެރިކޮށް ފޮނުވުން.

މަޤާމުގެ ޝަރުޠު:

1. އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 23 މޭ 2016 އާއި 30 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.    

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން، ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.

ބ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު އެނގެން އޮންނަންވާނެއެވެ.)

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 22 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341303 ނަންބަރު ފޯނަށް ނުވަތަ 3341307 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 1 ޝަޢުބާން 1437

08 މޭ 2016