މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު

ޢިޢުލާން

ހިކިމިރުސް އުފެއްދުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުން ކަނޑައަޅާފައިވާ "ކޮންމެ ރަށަކުން ދަނޑުވެރި އުފެއްދުމެއް ބާޒާރަށް ތަޢާރަފުކުރުން" މި ސިޔާސަތުގެ ދަށުން ހިކިމިރުސް އުފެއްދުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ 1 ރަށެއްގައި މިރުސް ހިއްކައި ބަންދުކޮށް، މި މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އަތޮޅު/ ރަށު ކައުންސިލުތަކުން، ކޯޕަރޭޓިވް ސޮސައިޓީތަކުން އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުން މި މިނިސްޓްރީއަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮގްރާމް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގުމުގައި އިސްކަން ދޭނީ ތިރީގައި މިދަންނަވާ ކަންތައްތަކަގެ މައްޗަށް އެކުލެވޭ އިވެލުއޭޝަނަކަށް ފަހުގައެވެ.

  • މިރުސް ހިއްކުމަށްޓަކައި އަށިއެޅުމަށް ގާތްގަނޑަކަށް އެންމެ މަދުވެގެން 50×50 ބިމެއް އޮތުން. (ދުވާލުގެ ގިނަ ވަގުތު އިރުގެ އަލިކަން ލިބޭ ބިމަކަށްވުން)
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު
  • ރަށުން މިރުސް ލިބެންހުރި މިންވަރާއި ލިބޭނެ ކަމަށް އަންދާޒާކުރާ އެވްރެޖް އަގު
  • ގާއިމުކޮށްދޭ ވަސީލަތްތައް ބޭނުންކޮށްގެން މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ޤާބިލުކަން ހުރި މިންވަރު
  • މި މަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ
  • މާކެޓިންގް ޕްލޭން

ސުންގަޑި: މި ޕްރާގްރާމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން "ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމަށް އެދޭ ފޯމު" ފުރިހަމަކުރުމަށް ފަހު ހުށަހަޅުއްވާނީ 2016 މޭ 25 ގެ 14:00 ގެ ކުރިން ޕްރިންޓް ނުވަތަ ސޮފްޓްކޮޕީ ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ވެލާނާގެ ، އަމީރު އަހުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ

ފޯން: 3322625 (960) ފެކްސް: 3326558 (960)

އީމެއިލް:  [email protected]

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރ 3339219 ، 3339216 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

" ހިކިމިރުސް އުފެއްދުމުގެ ޕްރޮގްރާމްއަށް އެދޭ ފޯމް" މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އަދި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

04 މޭ 2016
ހޯދާ