ދިވެހިރާއްޖެ
ޢިޢުލާން
ހިކިމިރުސް އުފެއްދުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު
ސަރުކާރުން ކަނޑައަޅާފައިވާ "ކޮންމެ ރަށަކުން ދަނޑުވެރި އުފެއްދުމެއް ބާޒާރަށް ތަޢާރަފުކުރުން" މި ސިޔާސަތުގެ ދަށުން ހިކިމިރުސް އުފެއްދުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ 1 ރަށެއްގައި މިރުސް ހިއްކައި ބަންދުކޮށް، މި މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އަތޮޅު/ ރަށު ކައުންސިލުތަކުން، ކޯޕަރޭޓިވް ސޮސައިޓީތަކުން އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުން މި މިނިސްޓްރީއަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮގްރާމް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގުމުގައި އިސްކަން ދޭނީ ތިރީގައި މިދަންނަވާ ކަންތައްތަކަގެ މައްޗަށް އެކުލެވޭ އިވެލުއޭޝަނަކަށް ފަހުގައެވެ.
- މިރުސް ހިއްކުމަށްޓަކައި އަށިއެޅުމަށް ގާތްގަނޑަކަށް އެންމެ މަދުވެގެން 50×50 ބިމެއް އޮތުން. (ދުވާލުގެ ގިނަ ވަގުތު އިރުގެ އަލިކަން ލިބޭ ބިމަކަށްވުން)
- ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު
- ރަށުން މިރުސް ލިބެންހުރި މިންވަރާއި ލިބޭނެ ކަމަށް އަންދާޒާކުރާ އެވްރެޖް އަގު
- ގާއިމުކޮށްދޭ ވަސީލަތްތައް ބޭނުންކޮށްގެން މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ޤާބިލުކަން ހުރި މިންވަރު
- މި މަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ
- މާކެޓިންގް ޕްލޭން
ސުންގަޑި: މި ޕްރާގްރާމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން "ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމަށް އެދޭ ފޯމު" ފުރިހަމަކުރުމަށް ފަހު ހުށަހަޅުއްވާނީ 2016 މޭ 25 ގެ 14:00 ގެ ކުރިން ޕްރިންޓް ނުވަތަ ސޮފްޓްކޮޕީ ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ވެލާނާގެ ، އަމީރު އަހުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ
ފޯން: 3322625 (960) ފެކްސް: 3326558 (960)
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރ 3339219 ، 3339216 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
" ހިކިމިރުސް އުފެއްދުމުގެ ޕްރޮގްރާމްއަށް އެދޭ ފޯމް" މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އަދި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.