މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް، ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS3

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ޑިވިޜަން:

ލެބޯޓްރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ލެބޯޓްރީގެ އެންމެހައި ކަންތައް ސުޕަވައިޒުކޮށް ބެލެހެއްޓުން.
  2. ލެބޯޓްރީން ދޫކުރެވޭ ރިޕޯޓްތަކާއި ނަތީޖާތައް ޗެކްކޮށް ބެލުމާއި، ލެބޯޓްރީގައި ބޭނުންކުރާ ޕްރޮޓޮކޯލްސްއާއި، ގައިޑްލައިންސްއާއި، ލެބޯޓްރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާއި، އެސް.އޯ.ޕީ ތައް ލިޔެ ތައްޔާރުކުރުން.
  3. ލެބޯޓްރީގައި ކުރަމުންދާ ތެލެސީމިއާ ޓެސްޓްކުރުމާއި، ލެބޯޓްރީގައި ކުރަންޖެހޭ އެހެނިހެން ޓެސްޓްތައް ކުރުން.
  4. ލެބޯޓްރީގެ ޓެސްޓްތައް ކުރުމަށް ބޭނުންވާ ލެބޯޓްރީ ރީއޭޖެންޓްސްއާއި ކެމިކަލް ފަދަ ތަކެތި ގަވާއިދުން އޯޑަރކޮށްގެން ހޯދުމާއި، އެތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި، ތަނުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދެވޭނެގޮތަށް ރާވައި ހަމަޖެއްސުން.
  5. ލެބޯޓްރީގައި ގެންގުޅޭ މެޝިނަރީޒްތަކާއި އިކުއިޕްމަންޓްތައް ބެލެހެއްޓުމާއި، ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ލެބޯޓްރީން ނައްތައިލަންޖެހޭ ލޭފަދަ ތަކެތި އޮންނަ ގަވާއިދެއްގެމަތިން ނައްތައިލުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުވުން.
  6. ލެބޯޓްރީގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ޕާރފޯމަންސް އެޕްރައިޒަލް ހެދުން.

 

 

 

 

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ  ކްލެސިފިކޭޝަން: އެސިސްޓެންޓް  އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS-3

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޜަން:

އެޑްމިނިސްޓްރޭޝަން ޑިވިޜަން

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މޯލްޑިވްސް ބްލަޑް ސަރވިސަސްއަށް ލިބޭ ހުރިހާ ލިޔެކިޔުންތައް ރިސެޕްޝަން ކައުންޓަރުން ބަލައިގަނެ، އެ ތަކެތި އިދާރީ ބަޔަށް ހަވާލުކުރުން.
  2. މޯލްޑިވްސް ބްލަޑް ސަރވިސަސްގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުން.
  3. މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދީ، ރޫޓްކޮށް، މިކަމާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  4. ތެލަސީމިއާ ޓެސްޓްކުރާ މީހުންގެ ނަތީޖާ ކާޑް ދޫކުރުމުގައި އެހީތެރިވެދިނުން.
  5. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ރިސެޕްޝަން ކައުންޓަރ ބެލެހެއްޓުން.
  6. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3  ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ. 
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

 

 

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

  • މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  • އިނގިރޭސިބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލްކަން ހުރުން.
  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  •  ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ޢިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާންމަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުޞޫލުން މަސައްކަތް ކުރަންޖެހޭނަމަ، ކަނޑައެޅިފައިވާ އުޞޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި:

2016 މޭ 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވިއަން ބްލަޑް ސަރވިސަސް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (މަޖީދީމަގު) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3333886 އެވެ.

28 ރަޖަބު 1437

05 މޭ 2016
ހޯދާ