މަޤާމް:
|
ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް: MS3
|
މުސާރަ:
|
މަހަކު -/7،035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2500 ރުފިޔާ
|
ޑިވިޜަން:
|
ލެބޯޓްރީ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ލެބޯޓްރީގެ އެންމެހައި ކަންތައް ސުޕަވައިޒުކޮށް ބެލެހެއްޓުން.
- ލެބޯޓްރީން ދޫކުރެވޭ ރިޕޯޓްތަކާއި ނަތީޖާތައް ޗެކްކޮށް ބެލުމާއި، ލެބޯޓްރީގައި ބޭނުންކުރާ ޕްރޮޓޮކޯލްސްއާއި، ގައިޑްލައިންސްއާއި، ލެބޯޓްރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާއި، އެސް.އޯ.ޕީ ތައް ލިޔެ ތައްޔާރުކުރުން.
- ލެބޯޓްރީގައި ކުރަމުންދާ ތެލެސީމިއާ ޓެސްޓްކުރުމާއި، ލެބޯޓްރީގައި ކުރަންޖެހޭ އެހެނިހެން ޓެސްޓްތައް ކުރުން.
- ލެބޯޓްރީގެ ޓެސްޓްތައް ކުރުމަށް ބޭނުންވާ ލެބޯޓްރީ ރީއޭޖެންޓްސްއާއި ކެމިކަލް ފަދަ ތަކެތި ގަވާއިދުން އޯޑަރކޮށްގެން ހޯދުމާއި، އެތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި، ތަނުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދެވޭނެގޮތަށް ރާވައި ހަމަޖެއްސުން.
- ލެބޯޓްރީގައި ގެންގުޅޭ މެޝިނަރީޒްތަކާއި އިކުއިޕްމަންޓްތައް ބެލެހެއްޓުމާއި، ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ލެބޯޓްރީން ނައްތައިލަންޖެހޭ ލޭފަދަ ތަކެތި އޮންނަ ގަވާއިދެއްގެމަތިން ނައްތައިލުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުވުން.
- ލެބޯޓްރީގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ޕާރފޯމަންސް އެޕްރައިޒަލް ހެދުން.
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމް:
|
ރިސެޕްޝަނިސްޓް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް: GS-3
|
މުސާރަ:
|
މަހަކު -/4،465 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 ރުފިޔާ
|
ޑިވިޜަން:
|
އެޑްމިނިސްޓްރޭޝަން ޑިވިޜަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- މޯލްޑިވްސް ބްލަޑް ސަރވިސަސްއަށް ލިބޭ ހުރިހާ ލިޔެކިޔުންތައް ރިސެޕްޝަން ކައުންޓަރުން ބަލައިގަނެ، އެ ތަކެތި އިދާރީ ބަޔަށް ހަވާލުކުރުން.
- މޯލްޑިވްސް ބްލަޑް ސަރވިސަސްގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުން.
- މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދީ، ރޫޓްކޮށް، މިކަމާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
- ތެލަސީމިއާ ޓެސްޓްކުރާ މީހުންގެ ނަތީޖާ ކާޑް ދޫކުރުމުގައި އެހީތެރިވެދިނުން.
- މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ރިސެޕްޝަން ކައުންޓަރ ބެލެހެއްޓުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
މީހުން ހޮވުމުގައި ބަލާނެ ކަންކަން:
|
- މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
- އިނގިރޭސިބަހުގެ ފެންވަރު.
- މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލްކަން ހުރުން.
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ރަމަޟާންމަހުގެ ޢިނާޔަތް.
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
- ޑިއުޓީ އުޞޫލުން މަސައްކަތް ކުރަންޖެހޭނަމަ، ކަނޑައެޅިފައިވާ އުޞޫލުން ޑިއުޓީ އެލަވަންސް.
|
ސުންގަޑި:
|
2016 މޭ 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވިއަން ބްލަޑް ސަރވިސަސް.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (މަޖީދީމަގު) ގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3333886 އެވެ.
|
28 ރަޖަބު 1437
|