ދިވެހިރާއްޖެ
އިޢުލާނު
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ގުޅިގެން މި އަތޮޅު ދިއްދޫ އަދި އިހަވަންދޫގައި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ކޯހާ ގުޅޭ މަޢުލޫމާތު:
ކޯހުގެ ނަން |
ސެޓްފިކެޓް3 އިން އޮފީސް އެޑްމިނިސްޓްރޭޝަން |
މުއްދަތު |
15 ހަފުތާ |
ކިޔެވުންފެށޭ ތާރީޚު |
02 ޖޫން 2016 |
ކިޔެވުން އޮންނަ ދުވަސްތައް |
ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު |
ބައިވެރިވުމުގެ ޝަރުޠު |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އުމުރުން 18 އަހަރު ފުރި، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން |
ކޯސް ބާއްވާ ތަން |
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަދި އިހަވަންދޫ ކައުންސިލްގެ އިދާރާ |
އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ |
ހއ. އަތޮޅުގެ ރަށު ކައުންސިލްގެ އިދާރާތަކުންނާއި ހއ. އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ. އަދި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ |
ހުށަހަޅަންވީ ތަނާއި ތާރީޚު |
2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އިހަވަންދޫ ކައުންސިލްރެ އިދާރާއަށް |
ހުށަހަޅަންޖެހޭ ތަކެތި |
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ އެކްރެޑިޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން ކޯހުގައި ބައިވެރިވުމާ މެދު އިއުތިރާޒުނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން |
ކޯހުގެ ފީ |
-/2500 ރުފިޔާ (އެއްފަހަރާ ނުވަތަ ދެފަހަރެއްގެ މަތިން ދެއްކިދާނެ ) |
ކޯހުގެ ބައިވެރިން ހޮވުން |
ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާނެ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނނިންގ އިންސްޓިޓިއުޓުން |
ވީމާ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ކޯހަށް ބައިވެރިން ހޮވުމުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި އިދާރީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދެންނެވީމެވެ.
26 ރަޖަބު 1437