ދިވެހިރާއްޖެ
އިޢުލާނު
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ގުޅިގެން މި އަތޮޅު ދިއްދޫ އަދި އިހަވަންދޫގައި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ކޯހާ ގުޅޭ މަޢުލޫމާތު:
| 
 ކޯހުގެ ނަން  | 
 ސެޓްފިކެޓް3 އިން އޮފީސް އެޑްމިނިސްޓްރޭޝަން  | 
| 
 މުއްދަތު  | 
 15 ހަފުތާ  | 
| 
 ކިޔެވުންފެށޭ ތާރީޚު  | 
 02 ޖޫން 2016  | 
| 
 ކިޔެވުން އޮންނަ ދުވަސްތައް  | 
 ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު  | 
| 
 ބައިވެރިވުމުގެ ޝަރުޠު  | 
 ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އުމުރުން 18 އަހަރު ފުރި، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން  | 
| 
 ކޯސް ބާއްވާ ތަން  | 
 ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަދި އިހަވަންދޫ ކައުންސިލްގެ އިދާރާ  | 
| 
 އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ  | 
 ހއ. އަތޮޅުގެ ރަށު ކައުންސިލްގެ އިދާރާތަކުންނާއި ހއ. އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ. އަދި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ  | 
| 
 ހުށަހަޅަންވީ ތަނާއި ތާރީޚު  | 
 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އިހަވަންދޫ ކައުންސިލްރެ އިދާރާއަށް  | 
| 
 ހުށަހަޅަންޖެހޭ ތަކެތި  | 
 ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ އެކްރެޑިޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން ކޯހުގައި ބައިވެރިވުމާ މެދު އިއުތިރާޒުނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން  | 
| 
 ކޯހުގެ ފީ  | 
 -/2500 ރުފިޔާ (އެއްފަހަރާ ނުވަތަ ދެފަހަރެއްގެ މަތިން ދެއްކިދާނެ )  | 
| 
 ކޯހުގެ ބައިވެރިން ހޮވުން  | 
 ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާނެ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނނިންގ އިންސްޓިޓިއުޓުން  | 
ވީމާ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ކޯހަށް ބައިވެރިން ހޮވުމުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި އިދާރީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދެންނެވީމެވެ.
26 ރަޖަބު 1437