|
1. ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފޯމެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ޕުރޮސީޖަރތަކާ އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
2- ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ހިސާބުތައް ދުވަހުން ދުވަހަށް ނިންމައި، ރިޕޯޓުތައް ތައްޔާރުކުރުން.
3- އާމްދަނީއާއި ބަޖެޓް އެކައުންޓްތަކުގެ ރިޕޯޓްތައް ތައްޔާރުކުރުވައި، ރިކޮންސައިލްކޮށް، ދިމާވާ މައްސަލަތައް ޙައްލުކުރުން.
4- ބަޖެޓްތަކުން ޚަރަދުކުރާނެ މިންވަރު ދެނެގަނެ، މަސްތަކަށް ޚަރަދު ކަނޑައަޅައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
5- މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ކަންކަން ކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތު ދިނުން.
6- ކައުންސިލަށާއި އެހެންފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު، އާމްދަނީ / ޚަރަދު ރިޕޯޓުތައް ތައްޔާރުކުރުމާއި ކުރުވުން.
7- އާންމުގޮތެއްގައި ފައިނޭންސް ސެކްޝަންގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް ރެވެނިއު ސެކްޝަނާއި، ބަޖެޓް ކޮންޓްރޯލް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.
8- އެކައުންޓިންގ ސެކްޝަންގެ ވެރިޔާ ޗުއްޓީ ނެގުމުން، ނުވަތަ ނުހުންނަ ވަގުތުގައި، އެކައުންޓިންގ ސެކްޝަނުގެ މަސައްކަތް ހަވާލުވެ ކުރުން.
9- މީގެ އިތުރުންވެސް، ފައިނޭސް ސެކްޝަންގެ މަސައްކަތްތަކާއި، އާންމުގޮތެއްގައި ޔުނިވަރސިޓީގެ ގިނަ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން. |