ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/1116
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 02 މޭ 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފައިނޭންޝަލް އެނަލިސްޓް

މަޤާމް :ފައިނޭންޝަލް އެނަލިސްޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ފައިނޭންޝަލް އެނަލިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 12,687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437/50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރުޠު:

  • ވަޒީފާގެ މަސްއޫލިއްޔަތުތައް، އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.

މަސައްކަތުގެ ދާއިރާއިން ސެޓުފިކެޓު ލެވެލް 7/8 ގެ ސެޓުފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފޯމެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ޕުރޮސީޖަރތަކާ އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

2- ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ހިސާބުތައް ދުވަހުން ދުވަހަށް ނިންމައި، ރިޕޯޓުތައް ތައްޔާރުކުރުން.

3- އާމްދަނީއާއި ބަޖެޓް އެކައުންޓްތަކުގެ ރިޕޯޓްތައް ތައްޔާރުކުރުވައި، ރިކޮންސައިލްކޮށް، ދިމާވާ މައްސަލަތައް ޙައްލުކުރުން.

4- ބަޖެޓްތަކުން ޚަރަދުކުރާނެ މިންވަރު ދެނެގަނެ، މަސްތަކަށް ޚަރަދު ކަނޑައަޅައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

5- މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ކަންކަން ކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތު ދިނުން.

6- ކައުންސިލަށާއި އެހެންފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު، އާމްދަނީ / ޚަރަދު ރިޕޯޓުތައް ތައްޔާރުކުރުމާއި ކުރުވުން.

7- އާންމުގޮތެއްގައި ފައިނޭންސް ސެކްޝަންގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް ރެވެނިއު ސެކްޝަނާއި، ބަޖެޓް ކޮންޓްރޯލް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.

8- އެކައުންޓިންގ ސެކްޝަންގެ ވެރިޔާ ޗުއްޓީ ނެގުމުން، ނުވަތަ ނުހުންނަ ވަގުތުގައި، އެކައުންޓިންގ ސެކްޝަނުގެ މަސައްކަތް ހަވާލުވެ ކުރުން.

9- މީގެ އިތުރުންވެސް، ފައިނޭސް ސެކްޝަންގެ މަސައްކަތްތަކާއި، އާންމުގޮތެއްގައި ޔުނިވަރސިޓީގެ ގިނަ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 ނޯޓް:
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރެޑިޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 މޭ 2 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.

 18 ރަޖަބު 1437
25 އޭޕްރިލް 2016