| 
 މަޤާމު 
 | 
 ރިސެޕްޝަނިސްޓް 
 | 
| 
 ބޭނުންވާ އަދަދު 
 | 
 24 
 | 
 މަޤާމުގެ ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 1 
 | 
 ރޭންކް:   GS3 
 | 
| 
 މުސާރަ 
 | 
 މަހަކު -/4465 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1500 ރުފިޔާ 
 | 
| 
 ރިސްކް އެލަވަންސް: 
 | 
 -/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް) 
 | 
| 
 ޑިޕާޓްމަންޓް /ސެކްޝަން 
 | 
 މެޑިކަލް އެޑްމިނިސްޓްރޭޝަން 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި، ޑޮކްޓަރުގެ ކޮޓަރިއަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން.
 
- ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން.
 
- ބަލިމީހާގެ ބަލީގެ ތަފުސީލު ޕޭޝަންޓް ރެކޯޑުޝީޓުގައި ޑޮކްޓަރުގެ ލަފާގެ މަތީން ލިޔަމުންގެންދިއުން.
 
- ބަލިމީހާއަށް ޑޮކްޓަރު ދެއްވާ އިރުޝާދާއި ބޭސް ބޭނުންކުރާނޭގޮތް ތަފުސީލުކޮށް ކިޔައިދިނުން.
 
- ޑޮކްޓަރު ބައްލަވަން ފެށްޓެވުމަށްފަހު ދިމާވާ ސަބަބަކާހުރެ ބެލުން މެދުކަނޑާލަން ޖެހިއްޖެނަމަ ޑޮކްޓަރު ދެން ބައްލަވަން ފަށްޓަވަން ހަމަޖެހިފައިވާ ގަޑިއެއް އަންގައި މިކަންތައް ބަލިމީހުންނަށް އޮޅުންނާރާނޭ ގޮތަކަށް ސާފުކޮށްދިނުން.
 
- ޑޮކްޓަރުންގެ ކިބައިން މަސައްކަތާއި އަދި ތަފާތު ބައްޔާބެހޭ މަޢުލޫމާތު އުނގެނި ދަސްކުރުން.
 
- އީ.ސީ.ޖީ އަދި އޯޑިއޯމެޓްރީ ހެދުމާއި އިކޯކާޑިއޯގްރަފީ، ޓްރެޑްމިލް، ހޯލްޓަރ މޮނިޓަރިންގ އަދި އެންޑޮސްކޯޕީ ފަދަ ޓެސްޓްތައް ހެދުމުގައި ޑޮކްޓަރަށް އެހީތެރިވުން.
- ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން ޚިދުމަތަށް ދައްކާ ފައިސާ ބަލައިގަނެ މެމޯ ހަދައިދިނުން.
 
- ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް އެހީވެދީ މަގުދައްކައިދިނުން.
 
- ޑިއުޓިގައި ލިބުނު ފައިސާގެ ޕީރިއޮޑިކް ރެވެނިއު ޝީޓު ނެގުން.
 
- އެޑްމިޓް ވުމަށް އަންނަ ބަލިމީހުންނަށް އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުން.
 
- ކްލިނިކަލް ޑިޕާޓްމަންޓުތަކުގެ ޑިއުޓީރޯޓާތައް އެންޓަރކުރުމާއި، އިދާރީގޮތުން ކުރަންޖެހޭ މަސައްތްތައް ކުރުން.
 
- ކޯލްސެންޓަރުގެ މަސައްކަތްތައް ކުރުން.
 
  
  | 
| 
   
 ތަޢުލީމާއި ތަޖުރިބާ: 
  
  
 | 
- އެެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަންސް ނުވަތަ ފްރަންޓް އޮފީސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން.
 
  | 
| 
 މިމަޤާމުތަކަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައްް 
  
  
  
 | 
- މިހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމާއި ދޫކުރުން (ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މިހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
 
- ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއްނަމަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
 
 
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 
 | 
| 
 އިނާޔަތްތައް 
 | 
 ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
| 
 ސުންގަޑި 
 | 
 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް 
އަދި 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 ، 3335343 އެވެ. 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 
 | 
 2016 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި 
 | 
| 
 17 ރަޖަބު 1437 
 |