ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/73
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 05 މޭ 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓުންގެ މަޤާމަަށް މީހުން ބޭނުންވެއްޖެ

މަޤާމް :ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު :24

ވަޒީފާގެ ފުރުޞަތު   

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

24

މަޤާމުގެ ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 1

ރޭންކް:   GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

މެޑިކަލް އެޑްމިނިސްޓްރޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި، ޑޮކްޓަރުގެ ކޮޓަރިއަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން.
  2. ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން.
  3. ބަލިމީހާގެ ބަލީގެ ތަފުސީލު ޕޭޝަންޓް ރެކޯޑުޝީޓުގައި ޑޮކްޓަރުގެ ލަފާގެ މަތީން ލިޔަމުންގެންދިއުން.
  4. ބަލިމީހާއަށް ޑޮކްޓަރު ދެއްވާ އިރުޝާދާއި ބޭސް ބޭނުންކުރާނޭގޮތް ތަފުސީލުކޮށް ކިޔައިދިނުން.
  5. ޑޮކްޓަރު ބައްލަވަން ފެށްޓެވުމަށްފަހު ދިމާވާ ސަބަބަކާހުރެ ބެލުން މެދުކަނޑާލަން ޖެހިއްޖެނަމަ ޑޮކްޓަރު ދެން ބައްލަވަން ފަށްޓަވަން ހަމަޖެހިފައިވާ ގަޑިއެއް އަންގައި މިކަންތައް ބަލިމީހުންނަށް އޮޅުންނާރާނޭ ގޮތަކަށް ސާފުކޮށްދިނުން.
  6. ޑޮކްޓަރުންގެ ކިބައިން މަސައްކަތާއި އަދި ތަފާތު ބައްޔާބެހޭ މަޢުލޫމާތު އުނގެނި ދަސްކުރުން.
  7. އީ.ސީ.ޖީ އަދި އޯޑިއޯމެޓްރީ ހެދުމާއި އިކޯކާޑިއޯގްރަފީ، ޓްރެޑްމިލް، ހޯލްޓަރ މޮނިޓަރިންގ އަދި އެންޑޮސްކޯޕީ ފަދަ ޓެސްޓްތައް ހެދުމުގައި ޑޮކްޓަރަށް އެހީތެރިވުން.
    1. ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން ޚިދުމަތަށް ދައްކާ ފައިސާ ބަލައިގަނެ މެމޯ ހަދައިދިނުން.
    2. ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް އެހީވެދީ މަގުދައްކައިދިނުން.
    3. ޑިއުޓިގައި ލިބުނު ފައިސާގެ ޕީރިއޮޑިކް ރެވެނިއު ޝީޓު ނެގުން.
    4. އެޑްމިޓް ވުމަށް އަންނަ ބަލިމީހުންނަށް އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުން.
    5. ކްލިނިކަލް ޑިޕާޓްމަންޓުތަކުގެ ޑިއުޓީރޯޓާތައް އެންޓަރކުރުމާއި، އިދާރީގޮތުން ކުރަންޖެހޭ މަސައްތްތައް ކުރުން.
    6. ކޯލްސެންޓަރުގެ މަސައްކަތްތައް ކުރުން.

 

 ތަޢުލީމާއި ތަޖުރިބާ:

 

 

  1. އެެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަންސް ނުވަތަ ފްރަންޓް އޮފީސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން.

މިމަޤާމުތަކަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައްް

 

 

 

  1. މިހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމާއި ދޫކުރުން (ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މިހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއްނަމަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 ، 3335343 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

17 ރަޖަބު 1437

24 އޭޕްރިލް 2016