ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ
މަޤާމުގެ ޚުލާޞާ: ހުޅުމާލޭ ހޮސްޕިޓަލުގެ މެއިންޓަނަންސްގެ މަސައްކަތްތައް ކުރުމަށްޓަކައި.
މަޤާމުގެ ޝަރުޠު:
- މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާގެ ޒިންމާތައް:
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގައި ކުރަން ހުންނަ މަރާމާތުތައް ފާހަގަކޮށް، މަރާމާތުގެ ތަފުސީލާއި މަރާމާތު ކުރުމަށް ދާނެ ޚަރަދުގެ އަންދާސީހިސާބު ތައްޔާރުކުރުން.
- އަލަށް ޢިމާރާތްކުރުމާއި، ޢިމާރާތަށް ބަދަލުގެނައުމާއި، މަރާމާތު ކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ މަރާމާތުތައް ބަލައި މަރާމާތުތައް ކުރުން.
- މަރާމާތު ކުރަންޖެހޭ ތަންތަނުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ބަލައި ޗެކުކޮށް، މަރާމާތު ކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.
- މަސައްކަތް ކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތައް ވީހާވެސް އަވަހަކަށް ސުޕަވައިޒަރަށް އެންގުން.
- މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަންތައްތައް ކުރަން ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކުރުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުން ކުއްޔަށް ހިފާފައިވާ އެންމެހައި ތަންތަނުގެ އިލެކްޓްރިކަލް މަސައްކަތްތައް ކުރުން.
ހޮސްޕިޓަލުގެ މެޝިނަރީތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރުން
މުސާރައާއި އިނާޔަތް : ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި 2016 އެޕްރީލް 28 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލް އިން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސީވީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް:
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
ޚާއްޞަ ސަމާލުކަމަށް:
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.