ޢާންމު މަޢުލޫމާތު
ނަންބަރު: AS | IUL | 2016 | 025
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 28 އޭޕްރިލް 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ

މެއިންޓަނަންސް އޮފިސަރ

މަޤާމުގެ ޚުލާޞާ: ހުޅުމާލޭ ހޮސްޕިޓަލުގެ މެއިންޓަނަންސްގެ މަސައްކަތްތައް ކުރުމަށްޓަކައި.

މަޤާމުގެ ޝަރުޠު:

  • މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ ޒިންމާތައް:

  • ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގައި ކުރަން ހުންނަ މަރާމާތުތައް ފާހަގަކޮށް، މަރާމާތުގެ ތަފުސީލާއި މަރާމާތު ކުރުމަށް ދާނެ ޚަރަދުގެ އަންދާސީހިސާބު ތައްޔާރުކުރުން.
  • އަލަށް ޢިމާރާތްކުރުމާއި، ޢިމާރާތަށް ބަދަލުގެނައުމާއި، މަރާމާތު ކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  • ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ މަރާމާތުތައް ބަލައި މަރާމާތުތައް ކުރުން.
  • މަރާމާތު ކުރަންޖެހޭ ތަންތަނުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ބަލައި ޗެކުކޮށް، މަރާމާތު ކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.
  • މަސައްކަތް ކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތައް ވީހާވެސް އަވަހަކަށް ސުޕަވައިޒަރަށް އެންގުން.
  • މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަންތައްތައް ކުރަން ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކުރުން.
  • ހޮސްޕިޓަލާއި ހޮސްޕިޓަލުން ކުއްޔަށް ހިފާފައިވާ އެންމެހައި ތަންތަނުގެ އިލެކްޓްރިކަލް މަސައްކަތްތައް ކުރުން.

ހޮސްޕިޓަލުގެ މެޝިނަރީތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރުން

މުސާރައާއި އިނާޔަތް : ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި 2016 އެޕްރީލް 28 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލް އިން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސީވީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް:

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

ޚާއްޞަ ސަމާލުކަމަށް:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

21 އޭޕްރިލް 2016