އިޢުލާން
މާވަށުގައި އަޅާ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސުޖެހުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މާވަށުގައި އަޅާ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)400/INDIV/2016/10 (29 ފެބްރުވަރީ 2016) އިޢުލާނާ ގުޅިގެން ބޭއްވި މަޢުލޫމާތުދިނުމުގެ ބައްދަލުގައި ބައެއް މަޢުލޫމާތުތައް ހިއްސާކުރެވިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް (ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
މާކްސް ދެވޭ ކްރައިޓީރިއާ
|
މާކްސް ދެވޭގޮތް
|
ތަފުސީލު
|
ފޯމިއުލާ
|
މަސައްކަތުގެ އަގު
|
65%
|
- ތަކެތި ނުވަތަ ޚިދުމަތުގެ އަގަށް ދޭ މާކްސް
- މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.
|
ލިބުނުމާކްސް =
|
ހުށަހަޅާފައިވާ އެންމެ ކުޑައަގު
|
65x
|
ހުށަހެޅި އަގު
|
|
މަސައްކަތް ނިންމާ މުއްދަތު
|
15%
|
- މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
- މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތަކަށެވެ.
|
ލިބުނުމާކްސް =
|
ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތު
|
15x
|
ހުށަހެޅި މުއްދަތު
|
|
މާލީގޮތުން އެކަންކުރެވޭނެ ފެންވަރު
|
5%
|
- މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިވަރު ބަލައި ދެވޭ މާކްސް
- މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިކަން ބަލާނީ ހުށަހަޅާ ބޭންކް ގެރެންޓީ ފަދަ ރަސްމީ ލިޔުންތަކަށް ބަލައިގެން އެންމެ ގިނައިން ހުރި ފައިސާގެ އަދަދަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ފައިސާގެ އަދަދުތަކުގެ މައްޗަށް ބަލައިގެން ލިބޭ % އަކުންނެވެ.
- މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ ފައިސާގެ އަދަދު އެންމެ ގިނައިން ހުރި ފަރާތަކަށެވެ.
|
ލިބުނުމާކްސް =
|
ހުށަހަޅާފައިވާ ފައިސާގެ އަދަދު
|
5x
|
ހުށަހަޅާފައިވާ އެންމެމަތީ ފައިސާގެ އަދަދު
|
|
ތަޖުރިބާ
|
15%
|
- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
- ފާއިތުވެ ދިޔަތަނުގައި މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާއަށް ބިނާކޮށް މާކްސް ދެވޭވަރު ބަލާނީ އެންމެ ގިނައިން ތަޖުރިބާގެ ލިޔުން ހުށަހެޅި ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާފައިވާ ފަރާތަކެށެވެ.
|
ލިބުނުމާކްސް =
|
ހުށަހެޅި ލިޔުމުގެ އަދަދު
|
15x
|
އެންމެ ގިނައިން ލިޔުން ހުށަހެޅި އަދަދު
|
|