މަސައްކަތް
ނަންބަރު: (IUL)400/INDIV/2016/19
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 21 އޭޕްރިލް 2016 10:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށާ ފާރު ރޭނުމާއި ފެންސުޖެހުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މާވަށުގައި އަޅާ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސުޖެހުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މާވަށުގައި އަޅާ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)400/INDIV/2016/10 (29 ފެބްރުވަރީ 2016) އިޢުލާނާ ގުޅިގެން ބޭއްވި މަޢުލޫމާތުދިނުމުގެ ބައްދަލުގައި ބައެއް މަޢުލޫމާތުތައް ހިއްސާކުރެވިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް (ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

މަސައްކަތުގެ އަގު

65%

  • ތަކެތި ނުވަތަ ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ  ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

ލިބުނުމާކްސް =  

ހުށަހަޅާފައިވާ އެންމެ ކުޑައަގު

65x

ހުށަހެޅި އަގު

 

މަސައްކަތް ނިންމާ މުއްދަތު

15%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތަކަށެވެ.

ލިބުނުމާކްސް =  

ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތު

15x

ހުށަހެޅި މުއްދަތު

 

މާލީގޮތުން އެކަންކުރެވޭނެ ފެންވަރު

5%

  • މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިވަރު ބަލައި ދެވޭ މާކްސް
  • މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިކަން ބަލާނީ ހުށަހަޅާ ބޭންކް ގެރެންޓީ ފަދަ ރަސްމީ ލިޔުންތަކަށް ބަލައިގެން އެންމެ ގިނައިން ހުރި ފައިސާގެ އަދަދަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ފައިސާގެ އަދަދުތަކުގެ މައްޗަށް ބަލައިގެން ލިބޭ % އަކުންނެވެ.
  • މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ ފައިސާގެ އަދަދު އެންމެ ގިނައިން ހުރި ފަރާތަކަށެވެ.

ލިބުނުމާކްސް =  

ހުށަހަޅާފައިވާ ފައިސާގެ އަދަދު

5x

ހުށަހަޅާފައިވާ އެންމެމަތީ ފައިސާގެ އަދަދު

 

ތަޖުރިބާ

15%

  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
  • ފާއިތުވެ ދިޔަތަނުގައި މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާއަށް ބިނާކޮށް މާކްސް ދެވޭވަރު ބަލާނީ އެންމެ ގިނައިން ތަޖުރިބާގެ ލިޔުން ހުށަހެޅި ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާފައިވާ ފަރާތަކެށެވެ.

ލިބުނުމާކްސް = 

ހުށަހެޅި ލިޔުމުގެ އަދަދު

15x

އެންމެ ގިނައިން ލިޔުން ހުށަހެޅި އަދަދު

 

13 އޭޕްރިލް 2016