ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫގެ ތަރައްޤީގެ ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ކުރިއަށް އޮތް ދިހަ އަހަރަށް (2017 ން 2027) އަށް ކުޑަހުވަދޫގެ ތަރައްޤީގެ ޕްލޭނެއް ހެދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން ޢަމަލުކުރުމަށް ދަންނަވަމުން، މިފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

  • މި މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހާއި ފޯމުދޫކުރުން އޮންނާނީ 2016 އެޕްރީލް 17 ވަނަ ދުވަހުން ފެށިގެން 2016 އެޕްރީލް 21 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މި އިދާރާއިންނެވެ.
  • މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 2016 އެޕްރީލް 24 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ.
  • މަޢުލޫމާތު ނުނަންގަވާ ފަރާތްތަކުންނާއި ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
  • އަންދާސީހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި 2016 އެޕްރީލް 28 ވަނަދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށެވެ.
  • ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށްފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

ތަޢުލީމާ ތަޖުރިބާއަށް

% 60

މަސައްކަތުގެ އަގަށް

% 30

މަސައްކަތްކުރާނޭ ގޮތުގެ ހުށަހެޅުމަށް

% 10

އިތުރު މަޢުލޫމާތު، މަޢުލޫމާތުކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.            

            06 ރަޖަބު 1437

13 އޭޕްރިލް 2016
ހޯދާ