މަސައްކަތް
ނަންބަރު: B-381/I-2016/22
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި:
21 އޭޕްރިލް 2016 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫގެ ތަރައްޤީގެ ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ކުރިއަށް އޮތް ދިހަ އަހަރަށް (2017 ން 2027) އަށް ކުޑަހުވަދޫގެ ތަރައްޤީގެ ޕްލޭނެއް ހެދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން ޢަމަލުކުރުމަށް ދަންނަވަމުން، މިފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
- މި މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހާއި ފޯމުދޫކުރުން އޮންނާނީ 2016 އެޕްރީލް 17 ވަނަ ދުވަހުން ފެށިގެން 2016 އެޕްރީލް 21 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މި އިދާރާއިންނެވެ.
- މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 2016 އެޕްރީލް 24 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ.
- މަޢުލޫމާތު ނުނަންގަވާ ފަރާތްތަކުންނާއި ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި 2016 އެޕްރީލް 28 ވަނަދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށެވެ.
- ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށްފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
ތަޢުލީމާ ތަޖުރިބާއަށް |
% 60 |
މަސައްކަތުގެ އަގަށް |
% 30 |
މަސައްކަތްކުރާނޭ ގޮތުގެ ހުށަހެޅުމަށް |
% 10 |
އިތުރު މަޢުލޫމާތު، މަޢުލޫމާތުކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ރަޖަބު 1437
13 އޭޕްރިލް 2016