ދިވެހިރާއްޖެ
އިޢުލާން
ކަރަންޓުވިއުގަ މަރާމާތުކުރުމާ ބެހޭ:
މި އިދާރާގެ ނަންބަރު: އިޢުލާނާ ގުޅިގެން (IUL)241-A/241/2016/15 ހުށަހަޅާފައިވާ އަންދާސީހިސާބު މަދުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހަޅުއްވަން ވާނެއެވެ.
- އަމިއްލަފަރުދުންގެ ވިޔަފާރިއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ ލިޔުން.
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ލިޔުން.
- ކޮމްޕެނީ ރަޖިސްޓަރީގެ ކޮޕީ.
- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ.
- މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އެފަރާތްތަކަށް ދެއްވާފައިވާ ލައިސަންސް ކޮޕީ.
މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް މާކްސް ދެއްވަން ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- ހުށަހަޅުއްވާ އަގަށް. %50
- މުއްދަތަށް. %20
- މަސައްކަތުގެ ތަޖުރިބާއަށް. %20
- މާލީ ތަނަވަސްކަމަށް. % 10