މަސައްކަތް
ނަންބަރު: (IUL)241-A/241/2016/21
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 19 އޭޕްރިލް 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓުވިއުގަ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކަރަންޓުވިއުގަ މަރާމާތުކުރުމާ ބެހޭ:  

މި އިދާރާގެ ނަންބަރު: އިޢުލާނާ ގުޅިގެން (IUL)241-A/241/2016/15  ހުށަހަޅާފައިވާ އަންދާސީހިސާބު މަދުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހަޅުއްވަން ވާނެއެވެ.

  • އަމިއްލަފަރުދުންގެ ވިޔަފާރިއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ ލިޔުން.
  • ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ލިޔުން.
  • ކޮމްޕެނީ ރަޖިސްޓަރީގެ ކޮޕީ.
  • އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ.
  • މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އެފަރާތްތަކަށް ދެއްވާފައިވާ ލައިސަންސް ކޮޕީ.

މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް މާކްސް ދެއްވަން ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

  • ހުށަހަޅުއްވާ އަގަށް.           %50
  • މުއްދަތަށް.                %20
  • މަސައްކަތުގެ ތަޖުރިބާއަށް.       %20
  • މާލީ ތަނަވަސްކަމަށް.         % 10
12 އޭޕްރިލް 2016