ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
މަސައްކަތު |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ރޭންކް: އެސް. އެސް. 1 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: |
މަހަކު -/3،100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
|
ސަރވިސް އެލަވަންސް: |
މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ) |
|
މަޤާމު އޮތް ތަން: |
ރަތަފަންދޫ ސްކޫލް |
|
މަސައްކަތް ކުރަންޖެހޭ ތަން: |
ރަތަފަންދޫ ސްކޫލް |
|
މަޤާމުގެ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން. |
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ކޮންމެ ދުވަހަކު ސާފުކުރަންޖެހޭ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. 2- ހަފްތާއަކު އެއްފަހަރު ސާފުކުރަންޖެހޭ އޮފީހާއި، ސްޓާފްރޫމާއި، މުވައްޒަފުންނާއި ދަރިވަރުން ބޭނުންކުރާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން. 3- ކޮންމެ މަހަކު އެއްފަހަރު ސްކޫލުގެ ފަންކާތަކާއި ދޮރުތަކުގެ ހިރަފުސް ފޮޅައި ސާފުކޮށް ބެލެހެއްޓުން. 4- ސްކޫލުގެ ދަރިވަރުން ފެންބޯން ބޭނުންކުރާ ތާނގީތަކާއި ވަޅު ސާފުކޮށް ބެލެހެއްޓުން. 5- ސްކޫލުގައި ބޭއްވޭ އިތުރު ހަރަކާތްތަކާއި ޚާއްޞަ ރަސްމިއްޔާތުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަސްމީ ދުވަސްތަކުގައި ސްކޫލު އޮފީހުން އަންގާ ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް ކުރުން. |
|
ޢިނާޔަތްތައް: |
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
|
ވަޒީފާއަށް އެންމެ ޤާބިލް މީހުން ހޮވުމުގައި ބެލޭނެ ކަންތައް: |
|
|
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: |
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދޭ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށްފައި، 2016 އެޕްރީލް 20 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) 4- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވަރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން. 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ކިޔަން އެނގޭ ސާފު ކޮޕީއެއް. |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983087 ނަންބަރު ފޯނަށް ނުވަތަ 7888505 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ، Email:[email protected] އަށެވެ. |
3 ރަޖަބު 1437