ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-205/IUL/2016/21
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 20 އޭޕްރިލް 2016 14:00
ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: އެސް. އެސް. 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/3،100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)

މަޤާމު އޮތް ތަން:

ރަތަފަންދޫ ސްކޫލް

މަސައްކަތް ކުރަންޖެހޭ ތަން:

ރަތަފަންދޫ ސްކޫލް

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1- ކޮންމެ ދުވަހަކު ސާފުކުރަންޖެހޭ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2- ހަފްތާއަކު އެއްފަހަރު ސާފުކުރަންޖެހޭ އޮފީހާއި، ސްޓާފްރޫމާއި، މުވައްޒަފުންނާއި ދަރިވަރުން ބޭނުންކުރާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

3- ކޮންމެ މަހަކު އެއްފަހަރު ސްކޫލުގެ ފަންކާތަކާއި ދޮރުތަކުގެ ހިރަފުސް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

4- ސްކޫލުގެ ދަރިވަރުން ފެންބޯން ބޭނުންކުރާ ތާނގީތަކާއި ވަޅު ސާފުކޮށް ބެލެހެއްޓުން.

5- ސްކޫލުގައި ބޭއްވޭ އިތުރު ހަރަކާތްތަކާއި ޚާއްޞަ ރަސްމިއްޔާތުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަސްމީ ދުވަސްތަކުގައި ސްކޫލު އޮފީހުން އަންގާ ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

ޢިނާޔަތްތައް:

1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާއަށް އެންމެ ޤާބިލް މީހުން ހޮވުމުގައި ބެލޭނެ ކަންތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުއެވެ. އިންޓަވިއު އޮންނާނެ ގަޑި، ވަޒީފާއަށް އެދޭ ފަރާތްތަކަށް ފޯނުން އެންގޭނެއެވެ.
  • މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އިންޓަވިއު އޮންނާނީ، ރަތަފަންދޫ ސްކޫލުގައެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން،  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށްފައި، 2016 އެޕްރީލް 20 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވަރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ކިޔަން އެނގޭ ސާފު ކޮޕީއެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983087 ނަންބަރު ފޯނަށް ނުވަތަ 7888505 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ، Email:[email protected] އަށެވެ.

3 ރަޖަބު 1437

10 އޭޕްރިލް 2016