ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޏ. ފުވައްމުލަކުގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވުމަށް ރިސޯސް މުދައްރިސުން ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ޏ. ފުވައްމުލަކު ގޮފީގައި ހިންގާ ކޯސްތަކުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ބޭނުންވެއެވެ.

  • ޤިރާއަތުގެ ޢިލްމު           ( ބޭނުންވާ އަދަދު 1 )
  • ޢުލޫމުލް ޙަދީޘް            ( ބޭނުންވާ އަދަދު 1 )
  • ކިޔަވައިދިނުމުގެ ހުނަރު       ( ބޭނުންވާ އަދަދު 1 )
  • ޢަރަބި ބަސް             ( ބޭނުންވާ އަދަދު 1 )
  • ޤުރްއާން ތަޖުވީދު          ( ބޭނުންވާ އަދަދު 1 )

މުސާރަ: އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ

އެމް. ކިޔު. އޭ ލެވެލް 9 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޝަރުޠު:  މާއްދާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތިީގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

     2 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މި މަރުކަޒުގެ ނަންބަރު: (IUL)160-A/1/2016/50 އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

03 ރަޖަބު 1437

10 އޭޕްރިލް 2016
ހޯދާ