ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ޏ. ފުވައްމުލަކު ގޮފީގައި ހިންގާ ކޯސްތަކުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ބޭނުންވެއެވެ.
- ޤިރާއަތުގެ ޢިލްމު ( ބޭނުންވާ އަދަދު 1 )
- ޢުލޫމުލް ޙަދީޘް ( ބޭނުންވާ އަދަދު 1 )
- ކިޔަވައިދިނުމުގެ ހުނަރު ( ބޭނުންވާ އަދަދު 1 )
- ޢަރަބި ބަސް ( ބޭނުންވާ އަދަދު 1 )
- ޤުރްއާން ތަޖުވީދު ( ބޭނުންވާ އަދަދު 1 )
މުސާރަ: އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ
އެމް. ކިޔު. އޭ ލެވެލް 9 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ
ޝަރުޠު: މާއްދާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތިީގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން
މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.
2 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.
ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މި މަރުކަޒުގެ ނަންބަރު: (IUL)160-A/1/2016/50 އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
03 ރަޖަބު 1437