| 
 މަޤާމު: 
 | 
 ރިސަރޗް އެނަލިސްޓް   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 އިކޮނޮމިކް ރިސަރޗް އެންޑް އެނަލިސިސް ސެކްޝަން / މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރު: 
 | 
- އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުން.
 
 
 | 
| 
 ހުނަރުވެރިކަން:   
 | 
- އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.
 
- އިޤްތިޞާދީ، ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
 
- މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
 
- އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކް އަދި ފޯކާސްޓިންގ ސޮފްޓްވެއަރއަކަށް އަހުލުވެރިވެފައިވުން.
 
 
 | 
| 
 މަޤާމު: 
 | 
 ކައުންސެލް  
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ލީގަލް ޔުނިޓް 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރު: 
 | 
- ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- ލީގަލް ޔުނިޓްގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުމާއި، މެނޭޖްމަންޓަށް ބޭނުންވާ ޤާނޫނީ ކަންކަމުގެ ރިޕޯޓްތައް ލިޔެ ހުށަހެޅުން.
 
- އެމް.އެމް.އޭ ގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، އެމް.އެމް.އޭ ގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓް ކުރުން.
 
 
 | 
| 
 މަޤާމު: 
 | 
 އެސިސްޓެންޓް ކައުންސެލް  
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ލީގަލް ޔުނިޓް 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރު: 
 | 
- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
 
- އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމް.އެމް.އޭ ގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، އެމް.އެމް.އޭ ގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓް ކުރުން.
 
 
 | 
| 
 މަޤާމު: 
 | 
 އެސިސްޓެންޓް މެނޭޖަރ   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ބިލްޑިންގ އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރު: 
 | 
- ޕްރޮޕަޓީ ސަރވިސަސް ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
 
- ބިލްޑިންގ މެއިންޓެނަންސް އަދި ޕްރޮޕަރޓީ މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމް.އެމް.އޭގެ އިމާރާތާއި ފަރުނީޗަރު، ފިކްސްޗަރ އަދި އިކްއިޕްމެންޓްސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުމާއި، އިމާރާތާއި ތަކެއްޗަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ބެހެލެހެއްޓުން.
 
 
 | 
| 
 މަޤާމު: 
 | 
 އެސިސްޓެންޓް މެނޭޖަރ   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ޕްރޮކިއުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރު: 
 | 
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމް.އެމް.އޭ އަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމާއި، އެފަދަ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އިންތިޒާމު ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
 
 
 | 
| 
 މަޤާމު: 
 | 
 އޮފިސަރ   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ބެލެންސް އޮފް ޕޭމަންޓްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރު: 
 | 
- ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.
 
- އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމް.އެމް.އޭ އިން އެކުލަވާލައި އެކިއެކި ތަފާސްހިސާބުތަކަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި އެއްކުރުމާއި، ތަފާސްހިސާބުތަކުގެ ޑޭޓާ ބެލެހެއްޓުން.
 
 
 | 
| 
 ހުނަރުވެރިކަން:   
 | 
- އިޤްތިޞާދީ އެކިއެކި ކަންކަމާ ގުޅޭގޮތުން ކުރެވޭ ސާރވޭތަކަށް ޝައުޤުވެރިކަން ހުރުން
 
- ތަފާސްހިސާބު (ސްޓެޓިސްޓިކްސް) އާ ގުޅޭ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުރުން
 
- ގިނަ ވަގުތު އޮފީހުން ބޭރުގައި މަސައްކަތް ކުރުމަށް އިއުތިރާޒެއް ނެތުން
 
 
 | 
| 
 މަޤާމު: 
 | 
 އޮފިސަރ   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރު: 
 | 
- ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.
 
- އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމް.އެމް.އޭ އަށް ލިބޭ އަދި އެމް.އެމް.އޭ އިން ފޮނުވާ ލިޔުންތަކާއި ތަކެތި އެކިއެކި ފަރާތްތަކަށް ރައްދުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމާއި، އިމާރާތާއި ތަކެތި ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ލިޔެކިޔުމަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
 
 
 | 
| 
 މަޤާމު: 
 | 
 ރިސެޕްޝަނިސްޓް 
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރު: 
 | 
- ޖީސީއީ އޭލެވެލް ގެ 03 މާއްދާއިން ފާސްވެފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.
 
- އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމް.އެމް.އޭ އަށް އެކިއެކި ފަރާތްތަކުން ފޮނުވާ ލިޔުންތަކާއި ތަކެތި ބަލައިގަނެ ސެކްޝަންތަކަށް ފޮނުވައިދިނުމާއި، އެކިއެކި ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކަށް މެހުމާންދާރީ އަދާކޮށް މަޢުލޫމާތު ދިނުން ފަދަ ރިސެޕްޝަން އޭރިއާގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
 
 
 | 
| 
 ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި 
 | 
| 
 ހުނަރުވެރިކަން:   
 | 
- އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
 
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
 
- "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން
 
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
 
- ރިވެތި އަދަބުތަކާއެކު މުޢާމަލާތް ކުރުމުގެ އާދަ އަށަގަނެފައިވުން
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
 
- ސްކޫލް ލީވިން ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
 
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
 
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
 
- ރިސަރޗް އެނަލިސްޓްގެ މަޤާމަށް އެދިލައްވާ ފަރާތްތަކުން، އިކޮނޮމިކް މަޒުމޫނެއް ނުވަތަ ރިސަރޗް ޕޭޕަރެއް ތަޢުލީމީ އިދާރާއަކަށް ނުވަތަ އެނޫން ފަރާތަކަށް ހުށަހަޅާފައިވާނަމަ އޭގެ ކޮޕީއެއް ހުށަހެޅުމަކީ އެދެވިގެންވާ ކަމެކެވެ.
 
 
 | 
| 
 ސުންގަޑި 
 | 
 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް 
 |