ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2016/12
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 21 އޭޕްރިލް 2016 14:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

ރިސަރޗް އެނަލިސްޓް 

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް އެންޑް އެނަލިސިސް ސެކްޝަން / މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުން.

ހުނަރުވެރިކަން: 

  • އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.
  • އިޤްތިޞާދީ، ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކް އަދި ފޯކާސްޓިންގ ސޮފްޓްވެއަރއަކަށް އަހުލުވެރިވެފައިވުން.

މަޤާމު:

ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ޔުނިޓް

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ލީގަލް ޔުނިޓްގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުމާއި، މެނޭޖްމަންޓަށް ބޭނުންވާ ޤާނޫނީ ކަންކަމުގެ ރިޕޯޓްތައް ލިޔެ ހުށަހެޅުން.
  • އެމް.އެމް.އޭ ގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، އެމް.އެމް.އޭ ގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓް ކުރުން.

މަޤާމު:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ޔުނިޓް

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭ ގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، އެމް.އެމް.އޭ ގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓް ކުރުން.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ބިލްޑިންގ އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޕްރޮޕަޓީ ސަރވިސަސް ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  • ބިލްޑިންގ މެއިންޓެނަންސް އަދި ޕްރޮޕަރޓީ މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭގެ އިމާރާތާއި ފަރުނީޗަރު، ފިކްސްޗަރ އަދި އިކްއިޕްމެންޓްސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުމާއި، އިމާރާތާއި ތަކެއްޗަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ބެހެލެހެއްޓުން.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕްރޮކިއުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭ އަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމާއި، އެފަދަ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އިންތިޒާމު ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމު:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ބެލެންސް އޮފް ޕޭމަންޓްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.
  • އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭ އިން އެކުލަވާލައި އެކިއެކި ތަފާސްހިސާބުތަކަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި އެއްކުރުމާއި، ތަފާސްހިސާބުތަކުގެ ޑޭޓާ ބެލެހެއްޓުން.

ހުނަރުވެރިކަން: 

  • އިޤްތިޞާދީ އެކިއެކި ކަންކަމާ ގުޅޭގޮތުން ކުރެވޭ ސާރވޭތަކަށް ޝައުޤުވެރިކަން ހުރުން
  • ތަފާސްހިސާބު (ސްޓެޓިސްޓިކްސް) އާ ގުޅޭ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުރުން
  • ގިނަ ވަގުތު އޮފީހުން ބޭރުގައި މަސައްކަތް ކުރުމަށް އިއުތިރާޒެއް ނެތުން

މަޤާމު:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.
  • އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭ އަށް ލިބޭ އަދި އެމް.އެމް.އޭ އިން ފޮނުވާ ލިޔުންތަކާއި ތަކެތި އެކިއެކި ފަރާތްތަކަށް ރައްދުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމާއި، އިމާރާތާއި ތަކެތި ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ލިޔެކިޔުމަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.

މަޤާމު:

ރިސެޕްޝަނިސްޓް

ސެކްޝަން/ޑިވިޜަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ގެ 03 މާއްދާއިން ފާސްވެފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.
  • އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭ އަށް އެކިއެކި ފަރާތްތަކުން ފޮނުވާ ލިޔުންތަކާއި ތަކެތި ބަލައިގަނެ ސެކްޝަންތަކަށް ފޮނުވައިދިނުމާއި، އެކިއެކި ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކަށް މެހުމާންދާރީ އަދާކޮށް މަޢުލޫމާތު ދިނުން ފަދަ ރިސެޕްޝަން އޭރިއާގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުނަރުވެރިކަން: 

  • އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ރިވެތި އަދަބުތަކާއެކު މުޢާމަލާތް ކުރުމުގެ އާދަ އަށަގަނެފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
  • ރިސަރޗް އެނަލިސްޓްގެ މަޤާމަށް އެދިލައްވާ ފަރާތްތަކުން، އިކޮނޮމިކް މަޒުމޫނެއް ނުވަތަ ރިސަރޗް ޕޭޕަރެއް ތަޢުލީމީ އިދާރާއަކަށް ނުވަތަ އެނޫން ފަރާތަކަށް ހުށަހަޅާފައިވާނަމަ އޭގެ ކޮޕީއެއް ހުށަހެޅުމަކީ އެދެވިގެންވާ ކަމެކެވެ.

ސުންގަޑި

21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މި ވަޒީފާއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016