ދިވެހިރާއްޖެ
އިޢުލާން
ފުނާޑު އަވަށުގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް
ފުނާޑު ކައުންސިލް ނަންބަރު (IUL)443-CO/443/2016/10 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން އެމަސައްކަތްކުރަން އިޢުލާން ކުރަމެވެ.
ފުނާޑު އަވަށުގައި 30 މަގުބައްތި ޖެހުމަށްޓަކައި މަގުކޮނެ، ކޭބަލް ވަޅުލައި އަދި މަގުބައްތިތައް ޖެހުމަށް ބޭނުންވާތީ، މިކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ކުރުމަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކުރާ ކޮމެޓީން ބަލާނެ ކަންތައްތަކާއި އަދި އެކަންތައްތަކަށް ޕޮއިންޓް ދޭނެ ދާއިރާތައް
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
އަގު |
%60 |
|
ތަޖްރިބާ |
%20 |
|
މާލީ ޤާބިލުކަން |
10% |
|
މުއްދަތު |
10% |
|
ޖުމްލަ |
100% |
26 ޖުމާދަލްއާޚިރާ 1437