މަސައްކަތް
ނަންބަރު: (IUL)443-CO/443/2016/15
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި:
10 އޭޕްރިލް 2016 10:00
ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ފުނާޑު އަވަށުގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް
ފުނާޑު ކައުންސިލް ނަންބަރު (IUL)443-CO/443/2016/10 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން އެމަސައްކަތްކުރަން އިޢުލާން ކުރަމެވެ.
ފުނާޑު އަވަށުގައި 30 މަގުބައްތި ޖެހުމަށްޓަކައި މަގުކޮނެ، ކޭބަލް ވަޅުލައި އަދި މަގުބައްތިތައް ޖެހުމަށް ބޭނުންވާތީ، މިކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ކުރުމަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކުރާ ކޮމެޓީން ބަލާނެ ކަންތައްތަކާއި އަދި އެކަންތައްތަކަށް ޕޮއިންޓް ދޭނެ ދާއިރާތައް
މާކްސްދެވޭ ކްރައިޓީރިއާ
|
މާކްސް ދެވޭ ގޮތް
|
ތަފުސީލު
|
އަގު
|
%60
|
- ހުށަހަޅާ އަގަށް ދެވޭ މާކްސް
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.
|
ތަޖްރިބާ
|
%20
|
- ތަޖުރިބާއަށް ދެވޭ މާކްސް
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ ލިޔުންތަކުގައި މަސައްކަތްކޮށްފައިވާ އަގުތައް އެއްކުރުމަށްފަހު އެންމެ މަތިން ލިބޭ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- ތަޖުރިބާގެ ލިޔުންކަމަށް ބަލާނީ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔުންތަކަށެވެ.
|
މާލީ ޤާބިލުކަން
|
10%
|
- މާލީ ޤާބިލުކަން
- މާލީ ޤާބިލުކަމަށް ބެލެވޭނީ ޕްރޮޕޯޒަލާއެކު ހުށަހަޅާ ބޭންކް ރިފަރެންސް ލެޓަރ ފަދަ މާލީ ޤާބިލުކަން ދެނެގަނެވޭނެ ލިޔުންތަކަށެވެ. ބޭންކު ސްޓޭޓްމަންޓަކީ މާލީ ޤާބިލުކަން ކަމަށް ނުބެލެވޭނެއެވެ.
|
މުއްދަތު
|
10% |
- މުއްދަތަށް ދެވޭ މާކްސް
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.
- މުއްދަތުކަމުގައި ބެލޭނީ ހުށަހަޅާ ވާރކް ޝެޑިއުލްގައިވާ ގޮތުގެ މަތިންނެވެ.
|
ޖުމްލަ
|
100%
|
|
26 ޖުމާދަލްއާޚިރާ 1437