ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ – އޮފީސް އޮފް މެނޭޖިންގ ޑިރެކްޓަރ
މަޤާމުގެ ޚުލާޞާ: މިމަޤާމުގެ ބޭނުމަކީ ކުންފުންޏަށް ބޭނުންވާ އެކިއެކި ސްޓެޓިސްޓިކަލް ޑާޓާ ހޯދުމާއި، އެކިއެކި ދިރާސާތައް ކުރުމާއި، ހުސްނުވާ އާސަންދަ ސްކީމުގެ މަޢުލޫމާތުތައް ބަލަހެއްޓުމާއި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރުމެވެ.
މަޤާމުގެ ޝަރުޠު:
- ސްޓެޓިސްޓިކްސް ނުވަތަ ގުޅުންހުރި އެހެނިހެން ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
- ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން
- މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
- އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
- މައްސަލަތައް ދެނެގަނެ އެމައްސަލަތައް ހައްލު ކުރުން
- މަސައްކަތްތައް ރަނގަޅަށް ބަހާލެވި، ރާވައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުން
ވަޒީފާގެ ޒިންމާތައް:
- ސްޓެޓިސްޓިކަލް މަޢުލޫމާތުތައް ބަލައި ފާސްކޮށް މެނޭޖްމަންޓަށް ރިޕޯޓް ކުރުން
- ސްޓެޓިސްޓިކަލް ރިޕޯޓްތައް ތައްޔާރުކޮށް އަދި އެހެނިހެން ރިޕޯޓްތައް މެނޭޖްމަންޓްއިން އިރުޝާދު ދެއްވާ ގޮތައް ތައްޔާރުކުރުން
މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 14 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.
1. ވަޒީފާއަށް އެދޭ ފޯމު 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3. ސީވީ
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application
-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.