ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 015
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 14 އޭޕްރިލް 2016 00:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ – އޮފީސް އޮފް މެނޭޖިންގ ޑިރެކްޓަރ

އެސިސްޓެންޓް މެނޭޖަރ – އޮފީސް އޮފް މެނޭޖިންގ ޑިރެކްޓަރ

މަޤާމުގެ ޚުލާޞާ: މިމަޤާމުގެ ބޭނުމަކީ ކުންފުންޏަށް ބޭނުންވާ އެކިއެކި ސްޓެޓިސްޓިކަލް ޑާޓާ ހޯދުމާއި، އެކިއެކި ދިރާސާތައް ކުރުމާއި، ހުސްނުވާ އާސަންދަ ސްކީމުގެ މަޢުލޫމާތުތައް ބަލަހެއްޓުމާއި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރުމެވެ.

މަޤާމުގެ ޝަރުޠު:

  • ސްޓެޓިސްޓިކްސް ނުވަތަ ގުޅުންހުރި އެހެނިހެން ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން
  • މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
  • އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
  • މައްސަލަތައް ދެނެގަނެ އެމައްސަލަތައް ހައްލު ކުރުން
  • މަސައްކަތްތައް ރަނގަޅަށް ބަހާލެވި، ރާވައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުން

ވަޒީފާގެ ޒިންމާތައް:

  • ސްޓެޓިސްޓިކަލް މަޢުލޫމާތުތައް ބަލައި ފާސްކޮށް މެނޭޖްމަންޓަށް ރިޕޯޓް ކުރުން
  • ސްޓެޓިސްޓިކަލް ރިޕޯޓްތައް ތައްޔާރުކޮށް އަދި އެހެނިހެން ރިޕޯޓްތައް މެނޭޖްމަންޓްއިން އިރުޝާދު ދެއްވާ ގޮތައް ތައްޔާރުކުރުން

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 14 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު      2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ     3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

04 އޭޕްރިލް 2016