ދިވެހިރާއްޖެ
ލެބޯޓްރީ ޑެޕިޔުޓީ މެނޭޖަރ – މެޑިކަލް ޑިޕާޓްމަންޓް
މަޤާމުގެ ޚުލާޞާ: މިމަޤާމަކީ ލެބޯޓްރީގައި ހަދަންޖެހޭ ޓެސްޓްތައް ހެދުވުމާއި ނަތީޖާ ރަނގަޅުތޯ ޗެކްކުރުވައި ކޮލިޓީ ކޮންޓްރޯލް ހިފެހެއްޓުމާއެކު ރެކޯޑު ބެލެހެއްޓުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުމަށް ޚާއްޞަ ވަޒީފާއެކެވެ. އަދި ތަނަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ހޯދުމާއި އެކަމާގުޅޭ ޕްލޭންތައް ހެދުމެވެ.
މަޤާމުގެ ޝަރުޠު:
- މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖީ ދާއިރާއިން ނުވަތަ ލެބޯޓްރީއާ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން
- ލެބޯޓްރީ ދާއިރާގައި މަދުވެގެން 07 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
- އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
ވަޒީފާގެ ޒިންމާތައް:
- ލެބޯޓްރީގައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ނަތީޖާ ރަނގަޅުތޯ ޗެކްކޮށް ކޮލިޓީ ކޮންޓްރޯލް ހިފެހެއްޓުމާއެކު ރެކޯޑު ބެލެހެއްޓުން
- ލެބޯޓްރީއަށް ބޭނުންވާ ސާމާނު ހަމައަށް ލިބޭކަން ޔަޤީންކުރުމާއި ސާމާނު ހޯދުން
- ލެބޯޓްރީ ކުރިއަރުވާ ޕްލޭންތައް ހަދައި އިސްވެރިންނާ ހިއްސާކުރުން
- ބޭނުންވާ މެޑިކަލް ސަޕްލައިސް ހޯދުމާއި، އެކަމާ ގުޅޭ ޕްލޭންތައް ހެދުން.
- މީގެ އިތުރުން ވަޒީފާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 14 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުންނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.1. ވަޒީފާއަށް އެދޭ ފޯމު 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3. ސީވީ
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application
-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.