ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 012
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 14 އޭޕްރިލް 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލެބޯޓްރީ ޑެޕިޔުޓީ މެނޭޖަރ – މެޑިކަލް ޑިޕާޓްމަންޓް

ލެބޯޓްރީ ޑެޕިޔުޓީ މެނޭޖަރ – މެޑިކަލް ޑިޕާޓްމަންޓް

މަޤާމުގެ ޚުލާޞާ: މިމަޤާމަކީ ލެބޯޓްރީގައި ހަދަންޖެހޭ ޓެސްޓްތައް ހެދުވުމާއި ނަތީޖާ ރަނގަޅުތޯ ޗެކްކުރުވައި ކޮލިޓީ ކޮންޓްރޯލް ހިފެހެއްޓުމާއެކު ރެކޯޑު ބެލެހެއްޓުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުމަށް ޚާއްޞަ ވަޒީފާއެކެވެ. އަދި ތަނަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ހޯދުމާއި އެކަމާގުޅޭ ޕްލޭންތައް ހެދުމެވެ.

 މަޤާމުގެ ޝަރުޠު:

  • މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖީ ދާއިރާއިން ނުވަތަ ލެބޯޓްރީއާ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން
  • ލެބޯޓްރީ ދާއިރާގައި މަދުވެގެން 07 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
  • އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން

ވަޒީފާގެ ޒިންމާތައް: 

  • ލެބޯޓްރީގައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ނަތީޖާ ރަނގަޅުތޯ ޗެކްކޮށް ކޮލިޓީ ކޮންޓްރޯލް ހިފެހެއްޓުމާއެކު ރެކޯޑު ބެލެހެއްޓުން
  • ލެބޯޓްރީއަށް ބޭނުންވާ ސާމާނު ހަމައަށް ލިބޭކަން ޔަޤީންކުރުމާއި ސާމާނު ހޯދުން
  • ލެބޯޓްރީ ކުރިއަރުވާ ޕްލޭންތައް ހަދައި އިސްވެރިންނާ ހިއްސާކުރުން
  • ބޭނުންވާ މެޑިކަލް ސަޕްލައިސް ހޯދުމާއި، އެކަމާ ގުޅޭ ޕްލޭންތައް ހެދުން.
  • މީގެ އިތުރުން ވަޒީފާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން      

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން

 

ކުރިމަތިލުމުގެ ސުންގަޑި: 14 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުންނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު      2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ     3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

04 އޭޕްރިލް 2016