ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް – މެޑިކަލް ޑިޕާޓްމެންޓް
މަޤާމުގެ ޚުލާޞާ: މިމަޤާމަކީ ބަލިމީހުންނަށް އަޅާލުމާއި ޑޮކްޓަރުންގެ ލަފައާއި އިރުޝާދާ އެއްގޮތަށް ފަރުވާދިނުމަށްޓަކައި ޚާއްޞަ މަޤާމެކެވެ.
މަޤާމުގެ ޝަރުޠު:
- ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓްު ހާސިލުކޮށްފައިވުން
ނުވަތަ
- ޑިޕްލޮމާ އިން ކޮންވަރޝަން އިން ނަރސިންގ ކޯސް ފުރިހަމަ ކޮށްފައިވުން
އަދި
- މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން
- އަޚުލާޤީ (ޑިސިޕްލިން) އާއި މެޑިކަލް ނެގްލިޖެންސްގެ އެއްވެސް މައްސަލައެއް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރެކޯޑު ކުރެވިފައި ނެތުން.
ވަޒީފާގެ ޒިންމާތައް:
- ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުން.
- ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމާއި، އަދި މިކަމުގައި އިޙުސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފުސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
- ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރިހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން.
- ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖްކުރުން.
- ބަލިމީހުންނާބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލުގެ ލެބޯރެޓަރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާޓްމަންޓްތަކާ ދެމެދު މުއާޞަލާތު ކުރުން.
- ރަސްމީގަޑި ނޫން އެހެން ވަގުތުތަކުގައި ހޮސްޕިޓަލުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ނަރސިންގއާ ގުޅޭ މައްސަލަތައް ޙައްލުކުރުމާއި އެކަންކަން ކޯޑިނޭޓަރަށް އެންގުން.
- ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން ހިންގަވާ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ޢަމަލީބައިގެ ތެރެއިން ހޮސްޕިޓަލުގައި ހިންގާ ބައިތައް ސްޕަވައިޒްކުރުން.
މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 28 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން |
މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.
1. ވަޒީފާއަށް އެދޭ ފޯމު 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3. ސީވީ
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application
-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.