ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 006
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 28 އޭޕްރިލް 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް – މެޑިކަލް ޑިޕާޓްމެންޓް

ރެޖިސްޓަރޑް ނަރސް – މެޑިކަލް ޑިޕާޓްމެންޓް

މަޤާމުގެ ޚުލާޞާ: މިމަޤާމަކީ ބަލިމީހުންނަށް އަޅާލުމާއި ޑޮކްޓަރުންގެ ލަފައާއި އިރުޝާދާ އެއްގޮތަށް ފަރުވާދިނުމަށްޓަކައި ޚާއްޞަ މަޤާމެކެވެ.

މަޤާމުގެ ޝަރުޠު:

  • ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓްު ހާސިލުކޮށްފައިވުން

ނުވަތަ

  • ޑިޕްލޮމާ އިން ކޮންވަރޝަން އިން ނަރސިންގ ކޯސް ފުރިހަމަ ކޮށްފައިވުން

އަދި

  • މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން
  • އަޚުލާޤީ (ޑިސިޕްލިން) އާއި މެޑިކަލް ނެގްލިޖެންސްގެ އެއްވެސް މައްސަލައެއް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރެކޯޑު ކުރެވިފައި ނެތުން.

ވަޒީފާގެ ޒިންމާތައް:

  • ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުން.
  • ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމާއި، އަދި މިކަމުގައި އިޙުސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފުސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
  • ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
  • ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރިހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން.
  • ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖްކުރުން.
  • ބަލިމީހުންނާބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލުގެ ލެބޯރެޓަރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާޓްމަންޓްތަކާ ދެމެދު މުއާޞަލާތު ކުރުން.
  • ރަސްމީގަޑި ނޫން އެހެން ވަގުތުތަކުގައި ހޮސްޕިޓަލުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ނަރސިންގއާ ގުޅޭ މައްސަލަތައް ޙައްލުކުރުމާއި އެކަންކަން ކޯޑިނޭޓަރަށް އެންގުން.
  • ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން ހިންގަވާ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ޢަމަލީބައިގެ ތެރެއިން ހޮސްޕިޓަލުގައި ހިންގާ ބައިތައް ސްޕަވައިޒްކުރުން.

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 28 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު         2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ     3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

04 އޭޕްރިލް 2016