މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮފީހުގެ ތިރީގައި މިދަންނަވާ ސެކްޝަންތައް 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)94-Q/1/2016/05 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް, އަލުން އެފުރުޞަތު ހުޅުވާލަމެވެ.

  1. މޯލްޑިވްސް އިމިގްރޭޝަންގެ ހެޑްއޮފީސް (ވެލާނާގޭގެ 01 ވަނަ ފަންގިފިލާ)
  2. ޕާރމިޓްސް އެންޑް ފޮރިން އެމްޕްލޯއިމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 އަދި 03 ވަނަ ފަންގިފިލާ)
  3. އެކްސްޕެޓްރިއޭޓް މޮނިޓަރިންގ އެންޑް ރިޕެޓްރިއޭޝަން ސަރވިސް (ބިދޭސީ ހިޔާ)
  4. ހާބަރ ސެކްޝަން (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ބިލްޑިންގ)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

21 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016
ހޯދާ