ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއޮފީހުގެ ތިރީގައި މިދަންނަވާ ސެކްޝަންތައް 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)94-Q/1/2016/05 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް, އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- މޯލްޑިވްސް އިމިގްރޭޝަންގެ ހެޑްއޮފީސް (ވެލާނާގޭގެ 01 ވަނަ ފަންގިފިލާ)
- ޕާރމިޓްސް އެންޑް ފޮރިން އެމްޕްލޯއިމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 އަދި 03 ވަނަ ފަންގިފިލާ)
- އެކްސްޕެޓްރިއޭޓް މޮނިޓަރިންގ އެންޑް ރިޕެޓްރިއޭޝަން ސަރވިސް (ބިދޭސީ ހިޔާ)
- ހާބަރ ސެކްޝަން (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ބިލްޑިންގ)
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
21 ޖުމާދަލްއާޚިރާ 1437