މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/10,000

އެލަވަންސް:

  1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ކޮންމެ ދުވަހަކަށް -/135 ރުފިޔާ
  2. ސަރވިސް އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން

    ފޯން އެލަވަންސް: -/300 ރުފިޔާ

ސެޓުފިކެޓު އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އިތުރުގަޑި:

ރަސްމީ ގަޑި ފިޔަވައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ އެލަވަންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޝަރީއާ، ޤާނޫނީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ
  2. ޝަރީއާ، ޤާނޫނީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތު ކުރަން އެނގުން.
  4. ޢަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  5. މައިކްރޮސޮފްޓް ޕެކޭޖް ބޭނުންކުރަން އެނގުން.
  6. ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  7. ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  8. ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

 

  • ޙައްޖު/ޢުމްރާގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  • ޙައްޖުވެރިން މާލެއިން ފުރުމުގެ ކުރިން ނިންމަށްޖެހޭ ކަންތައްތައް ރާވައި ބެލެހެއްޓުން
  • މައްކާ/މަދީނާގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް އިންތިޒާމުކުރުން
  • ޙައްޖުވެރިންނަށް އަޅުކަން އަދާކުރުމުގައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން
  • ޙައްޖު/ޢުމްރާއަށް ފުރުމުގެ ކުރިން ދޭންޖެހޭ ޓްރެއިނިންގ ޕްރޮގުރާމުތައް ރާވައި ހިންގުން
  • ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން
  • ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  • ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޢަރަބިބަހުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި އަދި އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން
  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ޙާޖީންނަށް ދީނީ ނަސޭހަތް ދިނުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީގަޑި (ހެނދުނު 08:00 އިން ހަވީރު 16:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައިވެސް މަސައްކަތްކުރަންޖެހިއްޖެނަމަ މަސައްކަތްކުރާގޮތަށް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭނެ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ

ސުންގަޑި:

13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވިގެންދާނީ އިންޓަރވިއު ކުރެވިގެންނެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

29 މާރިޗު 2016
ހޯދާ