ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ޙައްޖު އޮޕަރޭޝަންސް މެނޭޖަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
އަސާސީ މުސާރަ:
|
-/10,000
|
އެލަވަންސް:
|
- ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ކޮންމެ ދުވަހަކަށް -/135 ރުފިޔާ
- ސަރވިސް އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
ފޯން އެލަވަންސް: -/300 ރުފިޔާ
ސެޓުފިކެޓު އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
|
އިތުރުގަޑި:
|
ރަސްމީ ގަޑި ފިޔަވައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ އެލަވަންސް ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޝަރީއާ، ޤާނޫނީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ
- ޝަރީއާ، ޤާނޫނީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތު ކުރަން އެނގުން.
- ޢަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
- މައިކްރޮސޮފްޓް ޕެކޭޖް ބޭނުންކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ޙައްޖު/ޢުމްރާގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
- ޙައްޖުވެރިން މާލެއިން ފުރުމުގެ ކުރިން ނިންމަށްޖެހޭ ކަންތައްތައް ރާވައި ބެލެހެއްޓުން
- މައްކާ/މަދީނާގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް އިންތިޒާމުކުރުން
- ޙައްޖުވެރިންނަށް އަޅުކަން އަދާކުރުމުގައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން
- ޙައްޖު/ޢުމްރާއަށް ފުރުމުގެ ކުރިން ދޭންޖެހޭ ޓްރެއިނިންގ ޕްރޮގުރާމުތައް ރާވައި ހިންގުން
- ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން
- ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
- ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޢަރަބިބަހުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި އަދި އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން
- ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ޙާޖީންނަށް ދީނީ ނަސޭހަތް ދިނުން.
|
މަސައްކަތުގެ ވަގުތު:
|
މި ކޯޕަރޭޝަންގެ ރަސްމީގަޑި (ހެނދުނު 08:00 އިން ހަވީރު 16:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައިވެސް މަސައްކަތްކުރަންޖެހިއްޖެނަމަ މަސައްކަތްކުރާގޮތަށް)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭނެ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން
- ދީނީ ދަރުސް ދިނުމުގެ ހުއްދަ
|
ސުންގަޑި:
|
13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
|
ނޯޓް:
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވިގެންދާނީ އިންޓަރވިއު ކުރެވިގެންނެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އަމީނީމަގު، 20379
މާލެ، ދިވެހިރާއްޖެ
|