ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުން
އިޢުލާން
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުން:
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުމަށް ބޭނުންވެއްޖެއެެވެ.
ބޭނުންވާ އަދަދު: 2 (ދޭއް)
މަޤާމުގެ ޝަރުޠު:
- ލިޔަންކިޔަން އެނގުން.
- އޭޒޯންގެ ޑްރައިވިންގ ލައިސަންސް AO,A1,B1,B2,C1,C2,CO ކެޓަގަރީ އޮތް މީހަކުކަމުގައިވުން.
- މި އިދާރާގެ މުވައްޒަފަކުކަމުގައި ނުވުން.
- ފާއިތުވި ފަސް އަހަރުދުވަހު ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައި ނުވުން (3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް)
- ފަސް އަހަރުދުވަސް ވެފައިވާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
- ޑްރައިވިންގ ސްކޫލެއްގެ ހިއްސާ އޮންނަ ފަރާތެއްކަމުގައި ނުވުން.
އެގުޒަމިނަރުކަން ކުރާ ފަރާތްތަކަށް ދުއްވާ ކޮންމެ އޭ ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ (ފަނަރަ ރުފިޔާ) ސީ،އީ ކެޓަގަރީގެ އުޅަނދަކަށް -/25 ރުފިޔާ (ފަންސަވީސް ރުފިޔާ) ގެ އެލަވަންސެއް، ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2016 މާރިޗު 22 ވަނަ ދުވަހު 14:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެމެވެ.
5 ޖުމާދަލްއާޚިރާ 1437
14 މާރިޗު 2016
ހޯދާ