ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)240-CA/240/2016/27
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 22 މާރިޗު 2016 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުން

އިޢުލާން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުން:

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުމަށް ބޭނުންވެއްޖެއެެވެ.

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ޝަރުޠު:

  • ލިޔަންކިޔަން އެނގުން. 
  • އޭޒޯންގެ ޑްރައިވިންގ ލައިސަންސް AO,A1,B1,B2,C1,C2,CO ކެޓަގަރީ އޮތް މީހަކުކަމުގައިވުން.
  • މި އިދާރާގެ މުވައްޒަފަކުކަމުގައި ނުވުން.
  • ފާއިތުވި ފަސް އަހަރުދުވަހު ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައި ނުވުން (3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް)
  • ފަސް އަހަރުދުވަސް ވެފައިވާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
  • ޑްރައިވިންގ ސްކޫލެއްގެ ހިއްސާ އޮންނަ ފަރާތެއްކަމުގައި ނުވުން.

އެގުޒަމިނަރުކަން ކުރާ ފަރާތްތަކަށް ދުއްވާ ކޮންމެ އޭ ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ (ފަނަރަ ރުފިޔާ) ސީ،އީ ކެޓަގަރީގެ އުޅަނދަކަށް -/25 ރުފިޔާ (ފަންސަވީސް ރުފިޔާ) ގެ އެލަވަންސެއް، ހަމަޖެހިފައިވާ އުޞޫލުން  ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2016 މާރިޗު 22 ވަނަ ދުވަހު 14:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެމެވެ.  

5 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016