ދިވެހިރާއްޖެ
އިޢުލާން
2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހޯދަން ބޭނުންވެއްޖެ
ޅ.މާފިލާފުށިގައި ދިރިއުޅެމުން އައި ޢާއިލާތައް ބަދަލު ކުރުމުގެ މަސައްކަތުގައި ޅ.މާފިލާފުށީން ކ.ތުލުސްދޫއަށް ބަދަލުވުމަށް ބޭނުންވެގެން އެކަމަށް އެދިފައިވާ ޢާއިލާއަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމެންދެން ވަގުތީގޮތުން ބޯހިޔާވަހިކަމެއް ޅ.ނައިފަރުން ހަމަޖެއްސުމަށްޓަކައި 2 ކޮޓަރީގެ އެޕާޓްމަންޓެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ 2 ކޮޓަރީގެ އެޕާޓްމަންޓެއް މަހުކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ބައްލަވައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޑޮކިއުމެންޓް ވިއްކުން 16 މާރިޗު 2016 ބުދަ ދުވަހުން ފެށިގެން 20 މާރިޗު 2016ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި |
ޕްރީ ބިޑް މީޓިންގ 20 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13:00ގައި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި |
ބިޑް އޯޕަން މީޓިންގ 22 މާރިޗު 2016 އަންގާރަ ދުވަހުގެ 13:00ގައި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި |
ބިޑް ޑޮކިއުމެންޓްގެ އަގަކީ -/30 (ތިރީސް) ރުފިޔާއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާނީ ބަންދު ނޫން ދުވަސްދުވަހުގެ 08:30 އިން 12:30 އާ ދެމެދު ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއިންނެވެ. ބިޑް ހުށަހެޅޭނީ ބިޑް ގަތް ފަރާތުގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތަކުން ޕްރީ ބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
05 ޖުމާދަލްއާޚިރާ 1437