ކުއްޔަށް ހިފުން
ނަންބަރު: (IUL)231-PR/231/2016/16
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 20 މާރިޗު 2016 12:30
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހޯދަން

އިޢުލާން

2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހޯދަން ބޭނުންވެއްޖެ

ޅ.މާފިލާފުށިގައި ދިރިއުޅެމުން އައި ޢާއިލާތައް ބަދަލު ކުރުމުގެ މަސައްކަތުގައި ޅ.މާފިލާފުށީން ކ.ތުލުސްދޫއަށް ބަދަލުވުމަށް ބޭނުންވެގެން އެކަމަށް އެދިފައިވާ ޢާއިލާއަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމެންދެން ވަގުތީގޮތުން ބޯހިޔާވަހިކަމެއް ޅ.ނައިފަރުން ހަމަޖެއްސުމަށްޓަކައި 2 ކޮޓަރީގެ އެޕާޓްމަންޓެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ 2 ކޮޓަރީގެ އެޕާޓްމަންޓެއް މަހުކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ބައްލަވައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުން

16 މާރިޗު 2016 ބުދަ ދުވަހުން ފެށިގެން 20 މާރިޗު 2016ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި

 

ޕްރީ ބިޑް މީޓިންގ

20 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13:00ގައި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި

 

ބިޑް އޯޕަން މީޓިންގ

22 މާރިޗު 2016 އަންގާރަ ދުވަހުގެ 13:00ގައި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި

ބިޑް ޑޮކިއުމެންޓްގެ އަގަކީ -/30 (ތިރީސް) ރުފިޔާއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާނީ ބަންދު ނޫން ދުވަސްދުވަހުގެ 08:30 އިން 12:30 އާ ދެމެދު ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއިންނެވެ. ބިޑް ހުށަހެޅޭނީ ބިޑް ގަތް ފަރާތުގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތަކުން ޕްރީ ބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016