ދިވެހިރާއްޖެ
އިޢުލާން
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
ތިރީގައި މިވަނީ މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން 2016 ވަނަ އަހަރު އޭޕްރީލް މަހުގައި ހިންގުމަށް ހަމަޖެހިފައިވާ ލެވެލް 1 ސެޓްފިކެޓް އިން ލައިފްގާޑިންގ ކޯހާ ބެހޭ މަޢުލޫމާތެވެ. މި ކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ.
ކޯހަށް އެދޭ ފޯމު މި އިންސްޓިޓިއުޓުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު 3326986 މި ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޯހުގެ ނަން: ލެވަލް 1 ސެޓްފިކެޓް އިން ލައިފްގާޑިން
މުއްދަތު: 03 ހަފުތާ
ޖާގަ: 03
ކޯހުގެ ފީ: ހިލޭ
ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:
ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެ ފެންވަރުގެ ފާހެއް އޮތުން. ނުވަތަ
ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ
ނ- އުމުރުން 18 އަހަރު ފުރިފައިވުމާއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް7) ފުރިހަމަ ކޮށްފައިވުމާއި ކުޅިވަރާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
06 ޖުމާދަލްއާޚިރާ 1437