ތަމްރީނު
ނަންބަރު: (IUL)141-MNIS-A/1/2016/39
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 31 މާރިޗު 2016 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

އިޢުލާން

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

ތިރީގައި މިވަނީ މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން 2016 ވަނަ އަހަރު އޭޕްރީލް މަހުގައި ހިންގުމަށް ހަމަޖެހިފައިވާ ލެވެލް 1 ސެޓްފިކެޓް އިން ލައިފްގާޑިންގ ކޯހާ ބެހޭ މަޢުލޫމާތެވެ. މި ކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ.

ކޯހަށް އެދޭ ފޯމު މި އިންސްޓިޓިއުޓުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު 3326986 މި ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޯހުގެ ނަން:         ލެވަލް 1 ސެޓްފިކެޓް އިން ލައިފްގާޑިން

މުއްދަތު:           03 ހަފުތާ

ޖާގަ:             03

ކޯހުގެ ފީ:          ހިލޭ

ކޯސް ހިންގާނެ ތަން:    މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެ ފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ

ނ- އުމުރުން 18 އަހަރު ފުރިފައިވުމާއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް7) ފުރިހަމަ ކޮށްފައިވުމާއި ކުޅިވަރާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

06 ޖުމާދަލްއާޚިރާ 1437

 

15 މާރިޗު 2016