ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުތައް ކުރަން

އިޢުލާން

މިއިދާރާގެ އެއްގަމު އުޅަނދުތަކުގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެގެން ކޮށްފައިވާ މިއިދާރާގެ ނަންބަރު: C/2016/12-ފ237 (29 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

އުޅަނދު

ބްރޭންޑް/ މޮޑެލް ނަންބަރު

ކުރަން ބޭނުންވާ މަރާމާތު

 

ވޭން

 

 

(TOYOTA) KJ-CR42V-FSSNE

1. ހުންގާނު ސިސްޓަމް ބަދަލުކުރުން

2. ޝީޓުކަވަރު ބަދަލުކުރުން

3. ކަވަރުގެ ބަނޑިތައް ރަނގަޅުކުރުން

 

ކާރު

 

 

(PROTON)C97

 

1. ވައިރު ބަދަލުކުރުން

2. އެއަރކޯން މަރާމާތުކުރުން

3. ޝީޓުކަވަރު ބަދަލުކުރުން

4. ބޭރު އެއްކޮށް މަރާމާތުކޮށް ސްޕްރޭކުރުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 21 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 24 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލްގެ އިދާރާގެ އެއްގަމު އުޅަނދުތަކުގައި ކުރަން ބޭނުންވާ މަރާމާތު ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 މާރިޗު 2016
ހޯދާ