ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ އެއްގަމު އުޅަނދުތަކުގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެގެން ކޮށްފައިވާ މިއިދާރާގެ ނަންބަރު: C/2016/12-ފ237 (29 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
އުޅަނދު |
ބްރޭންޑް/ މޮޑެލް ނަންބަރު |
ކުރަން ބޭނުންވާ މަރާމާތު |
ވޭން
|
(TOYOTA) KJ-CR42V-FSSNE |
1. ހުންގާނު ސިސްޓަމް ބަދަލުކުރުން 2. ޝީޓުކަވަރު ބަދަލުކުރުން 3. ކަވަރުގެ ބަނޑިތައް ރަނގަޅުކުރުން |
ކާރު |
(PROTON)C97
|
1. ވައިރު ބަދަލުކުރުން 2. އެއަރކޯން މަރާމާތުކުރުން 3. ޝީޓުކަވަރު ބަދަލުކުރުން 4. ބޭރު އެއްކޮށް މަރާމާތުކޮށް ސްޕްރޭކުރުން |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 21 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 24 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލްގެ އިދާރާގެ އެއްގަމު އުޅަނދުތަކުގައި ކުރަން ބޭނުންވާ މަރާމާތު ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.