ދިވެހިރާއްޖެ
އިޢުލާން
މިއޮތޯރިޓީގައި ބޭނުންކުރަމުން އަންނަ އެން.ޖީ.އައި.އެސް ސަރވަރ 01 އަހަރުދުވަހަށް މެއިންޓެއިންކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 29 ފެބުރުވަރީ 2016 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)431-AHP/1/2016/1) އިޢުލާނާ ގުޅިގެން 13 މާރިޗު 2016 ގައި މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވީ ދެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރެފަރެންސް" މިލިންކުން http://www.surveyofmaldives.gov.mv/v1/uploads/TOR%20-%20MLSA%20GIS%20Server.pdf ލިބެން ހުންނާނެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2016 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 މާރިޗު 2016 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4264-300 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
06 ޖުމާދަލްއާޚިރާ 1437