މަސައްކަތް
ނަންބަރު: (IUL)431-AHP/1/2016/2
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 22 މާރިޗު 2016 11:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އެން.ޖީ.އައި.އެސް ސަރވަރ މެއިންޓެއިންކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިއޮތޯރިޓީގައި ބޭނުންކުރަމުން އަންނަ އެން.ޖީ.އައި.އެސް ސަރވަރ 01 އަހަރުދުވަހަށް މެއިންޓެއިންކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 29 ފެބުރުވަރީ 2016 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)431-AHP/1/2016/1) އިޢުލާނާ ގުޅިގެން 13 މާރިޗު 2016 ގައި މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވީ ދެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރެފަރެންސް" މިލިންކުން http://www.surveyofmaldives.gov.mv/v1/uploads/TOR%20-%20MLSA%20GIS%20Server.pdf  ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2016 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 މާރިޗު 2016 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4264-300 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016